އިޖުރާތުހަމަ ނުކޮށް ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ފޮނުވުމާއި ފަންސުރުފޮށީގަ ފަންސުރު (އުންސުރު) ހަމަނުވާގޮތަށް ޕީޖީއަށް މައްސަލަތައް ފޮނުވުމަކީ ފަހަކަށް އައިސް އިތުރުވަމުން އަންނަ ކަންކަން ކަމަށްވާއިރު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިއަ މީހާގެ ބަންދަށް މުއްދަތު ޖަހައިނުދިނީ ފުލުހުންގެ ވަރަށް ބޮޑު އިހްމާލަކުންކަން މިއަދުނޫހަށް ވަނީ އެނގިފައެވެ.
އެތެރެކޮއިލުން ލިބުނު މައުލޫމާތުން އެނގެނީ ފުރަތަމަ ދުވަހު ބަންދުގެ މުއްދަތު ނުޖެހީ ފުލުހުންނަށް ތަރުޖަމާނަކު ނުހޯދުނީތީ ކަމާއި ދެވަނަ ދުވަހު ބަންދުގެ މުއްދަތު ދަޖަހައިދިނީ އެކަން ފުރިހަމަކުރަން ފުލުހުންނަށް ދިން މުއްދަތުގައި ތަރުޖަމާނަކު ހޯދި ނަމަވެސް އޭނާގެ ވާހަކަ ތަރުޖަމާކުރި ތަރުޖަމާނު ލައްވައި ބަޔާނުގައި ސޮއިކުރުވާފައިނުވާތީ ކަމެވެ.
ވީމާ މިހާ ފަރުކުޑަ ގޮތަކަށް ކޯޓަށް މައްސަލަ މިފޮނުވީ އެކަންކުރި ފުލުހަށް ކިހައިވަރެއްގެ ޕްރެޝަރެއް މަތިން އައިސްގެންތޯ ނުވަތަ ކިހާވަރެއްގެ އިނާޔަތެއް ލިބިގެންތޯ ނުވަތަ އޭނާގެ ހިތުގައި މިސްކިތްތައް ނަޖިސްކުރަން ހިތްވަރު ދޭން އޮތް ލޯތްބެއްގެ ސަބަބުންތޯ ބަލާނެ އޮންބެޑް ޕާސަނެއްގެ އޮފީސް އުފައްދަން ޖެހެއެވެ.
އެއީ މިކަންކަން ފުލުހުންގެ ފިޔަތަކުން ބެލޭނެ ކަމުގެ އުންމީދެއް ނެތުމެވެ. މިހައިތަނަށްވެސް މިފަދަ މައްސަލައެއް ބަލައި އެޅި ފިޔަވަޅެއް އެނގެން ނެތުމުން މިފަހަރުވެސް އެއްވެސް ފިޔަވަޅެއް އަޅާނެ ކަމުގެ އުންމީދެއް ނެތުމުންނެވެ.
މިފަހަރުގެ މައްސަލައަކީ ސީދާ ﷲ ތަޢާލާ އާއި ގުޅިފައިވާ މައްސަލައެކެވެ. އެހެނީ މިސްކިތްތަކަކީ މިބިންމަތީގައި ހުރި އެކަލާނގެ ގެކޮޅުތަކެވެ. އެތަންތަނުގެ ޙަރިންމަ ތެރެއަށް ކުޅު ނުޖަހަން ޚުޠުބާގައި ކިޔަމުން ބޮޑުކަމުގޮސް ނަޖިސްކުރަން ދޫކޮށްލުމަކީ ކޮންފަދަ ބޮޑު ފާފައެއްތޯއެވެ؟
އިސްލާމް ދީނާއި މިސްކިތްތަކުގެ ޙުރުމަށް ކަނޑައި ދިވެހިން އިސްލާމް ދީނާ ކުރުވަން އިންޑިއާ މީހުން އަންނަނީ ރާއްޖޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.