ރާއްޖޭގެ ކަންކަން، ޚާއްޞަކޮށް ވައްކަންކުރުމާއި ޚިޔާނާތްތެރިވުމާއި އިސްލާމްދީނުގެ މައްސަލަތައް ގޯހުން ގޯހަށް ގޮސް ކަރުނައަޅަންޖެހޭ ހިސާބަށް ގޮސްފައިވާ ސަބަބު ތިރީގައިވާ ލިޔުމުން ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ. ދެންވެސް ޤައުމު ސަލާމަތްކުރަން އެދޭނަމަ އޮތީ ވިސްނައި ހޭލުންތެރިވެ ލަފާދޭންތިބި މީހުންނާ ވުޒާރާތައް ސަލާމަތްކުރަން މަސައްކަތްކުރުމެވެ.
މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ހާމަކުރެއްވި ބަސްފުޅެކެވެ.
ޢުމަރުގެފާނު رضي الله عنه ވިދާޅުވެފައިވެއެވެ.
( شَاوِرْ فِي أَمْرِكَ مَنْ يَخَافُ اللَّهَ عَزَّ وَجَلَّ )
މާނައީ: " މާތް ﷲ އަށް ބިރުވެތިވާ މީހުންނާ ތިބާ ކަންކަމުގައި މަޝްވަރާކުރާށެވެ."
މަޞްދަރު: الآداب الشرعية لابن مفلح الحنبلي
ކަންކަމުގައި މަޝްވަރާ ހޯދޭ މީހުންގެ ކިބައިގައި ހުރުން ލާޒިމު ބައެއް ސިފަތައް:
1- ބުއްދިވެރިޔަކު ކަމުގައި ވުމާ އެކު، އޭނާއަކީ އެ މަޝްވަރާކުރެވޭ ކަމެއްގެ ތަޖްރިބާ ހުރި މީހަކު ކަމުގައިވުން.
2- ދީންވެރި ތަޤްވާވެރި މީހަކު ކަމުގައިވުން.
3- ތެދުވެރި މުންޞިޙެއް ކަމުގައިވުން.
4- ފިކުރީ ގޮތުން ރަނގަޅު މީހެއް ކަމުގައިވުން.
5- މަޝްވަރާ ކުރެވޭ ކަމެއްގައި އޭނާގެ މަޞްލަޙަތު ފުށުއަރާ ކަމެއް ނެތުން.
މަޞްދަރު: الشورى الإسلامية والديمقراطية الغربية، الشيخ صلاح نجيب الدق