ރާއްޖޭގަ ޖުވާ ނުކުޅެވިގެން ކުޅިވަރާބެހޭ ވަޒީރު ކަންބޮޑުވަނީ ޖުވާކުޅުމަކީ ކުޅިވަރަކަށް ހަދައި ރާއްޖޭގަ ޢާންމުކުރަން ސަރުކާރުގެ ކުޅިވަރާ ބެހޭ ސިޔާސަތުގަ އޮތީމައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ރާއްޖޭގަ ޖުވާ ނުކުޅެވިގެން ކުޅިވަރާބެހޭ ވަޒީރު ކަންބޮޑުވަނީ ޖުވާކުޅުމަކީ ކުޅިވަރަކަށް ހަދައި ރާއްޖޭގަ ޢާންމުކުރަން ސަރުކާރުގެ ކުޅިވަރާ ބެހޭ ސިޔާސަތުގަ އޮތީމައިތޯ؟

ރާއްޖޭގަ ޖުވާ ނުކުޅެވިގެން ކުޅިވަރާބެހޭ ވަޒީރު މިހާވަރަށް ކަންބޮޑުވަނީ ޖުވާކުޅުން ކިޔާތީ ކުޅިވަރަކަށް ހަދައި ރާއްޖޭގަ ޢާންމުކުރަން ސަރުކާރުގެ ކުޅިވަރާ ބެހޭ ސިޔާސަތުގަ އޮތީމައި ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ. 

ޤާނޫނީގޮތުން ބަލާއިރު ދީނުގައި ޙަރާމްވެގެންވާ ކަންކަން ކުރަން ހުއްދަކުރަން މަސައްކަތް ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެފަދަ ކަންކަން ކުރާނީ އިސްލާމް ދީނަށާއި ރާއްޖޭގެ ޤާނޫނު އަސާސީއަސްވެސް ގޮންޖަހައެވެ. 

އަދި ފުޓްބޯޅަކުޅުން ކިޔާ ގޮތަށް ޖުވާކުޅުން ކިޔުމަކުން އެއީ ޖުވާކުޅުމާއިބެހޭ އެއްވެސް ކަމަކާއި ޔޫތް މިނިސްޓަރު ބެހެން ޖެހޭނެ ކަމެއް ނޫނެވެ. އެއީ ޖުވާ ކުޅުމަކީ އެއްވެސް ބައަކު ކުޅިވަރެއްގެ ގޮތުގައި ކުރާކަމަކަށް ނުވާތީއެވެ. 

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ކުޅިވަރާއިބެހޭ ވަޒީރު ރާއްޖޭގައި ޖުވާ ކުޅުން ހުއްދަނުވާތީ، އެކަމަށް ވާހަކަ ދައްކަން ފުރުޞަތުވެސް ނުލިބޭތީ ކަންބޮޑުވުން ފައުޅުކުރެއްވި ޚަމުގެ ޚަބަރެއް ޢާންމުވުމުން ދީނީ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.  

އަވަސް ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ވެއެވެ. 

މުޖުތަމައުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ލައިސަންސް ނުދެނީ ކީއްވެތޯ މިނިސްޓަރު މަހުލޫފްއާ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު މަހުލޫފު ޖަވާބު ދެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ރާއްޖޭގައި ދިނުމަކީ ގަވާއިދަކުން މަނާކުރާ ކަމެއް ނޫން ކަމަށާއި ސާފު ގަވާއިދުތަކެއް ނެތުމުން ރިސޯޓުތަކަށް އެ ހިދުމަތް ނުދެވޭކަން މެންބަރުން ފާހަގަކުރައްވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އޭގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެެވެ.

އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށެވެ.

"ބަރާބަރަށް ރާވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއްވެސް އެތަންތާންގައި [ރިސޯޓްތަކުގައި] ޖަހާ" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކެސިނޯ ހިންގުމުގެ ހުއްދަދޭ ވުޒާރާއަކީ ޔޫތު މިނިސްޓްރީ ނޫން ކަމަށާއި ރިސޯޓުތައް ބެލުމުގެ ޒިންމާ އޮތް ވުޒާރާއަކުން އެކަމުގައި ވާހަކަދައްކާނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ކެސިނޯ ހިންގުމުގެ ހުއްދަ ދިނުމަށް ޖާބިރު ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންނެވެ.

މިއަދު އޮންލައިން