"ޕީޖީ ޝަމީމުގެ ޢަމަލަކީ އިސްލާމްދީނާއި، ދިވެހީންނާއި، ދިވެހި ޤައުމާއި، އޭނާއާ މަތިކުރެވިފައިވާ މަޤާމަށް ވެސް ވި ޚިޔާނާތެކެވެ. އެފަދަ މީހަކު އެ މަޤާމުގައި ބެހެއްޓުމަކީ ވެސް އެ ބަހައްޓާ ބަޔަކު އިސްލާމްދީނާއި ދިވެހި ޤައުމަށް ވާނޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ."
- ޝައިޚް ޝަފީޢު ޢަބްދުﷲ
ޕީޖީ ޝަމީމުގެ ޢަމަލަކީ އިސްލާމްދީނާއި، ދިވެހީންނާއި، ދިވެހި ޤައުމާއި، އޭނާއާ މަތިކުރެވިފައިވާ މަޤާމަށް ވެސް ވި ޚިޔާނާތެކެވެ. އެފަދަ މީހަކު އެ މަޤާމުގައި ބެހެއްޓުމަކީ ވެސް އެ ބަހައްޓާ ބަޔަކު އިސްލާމްދީނާއި ދިވެހި ޤައުމަށް ވާނޭ ޚިޔާނާތަކަށް ނޫނީ ނުވާނެއެވެ.
— Shafeeu Abdullah (@shafeeu26) September 27, 2022
"ރާފުޅި ހިފައިގެން ފޮޓޯ ނަގައި އިންސްޓަގްރާމަށް ލުމުގެ ޢަމަލު ޙުސައިން ޝަމީމް ހިންގައިފައި ވަންޏާ، އެ ޢަމަލަކީ ކީރިތި ﷲ އަށާއި، އެކަލާނގެ ކަލާމްފުޅަށާއި، އިސްލާމް ދީނަށާއި، ދިވެހި ދައުލަތުގެ އިސްލާމީ ޝަޚްޞިއްޔަތަށް ގޮން ޖެހުމުގެ ޢަމަލެއް ކަމުގައި މެނުވީ ބެލެވޭނޭ ގޮތެއް ނެތް.
ދިވެހި ޤާނޫނުއަސާސީގައި އިސްލާމް ދީނަށް ދީފައި ވާ މަޤާމާއި ޙައިޘިއްޔަތަށް ބަލާ އިރު، ދީނަށް ގޮން ޖެހުމަކީ ޤާނޫނުއަސާސީއަށް ވެސް ގޮން ޖެހުން. އެހެންކަމުން، ޤާނޫނުއަސާސީން އުފައްދައި ބާރުވެރި ކުރުވާ މަޤާމެއްގައި ހުރުމަށް ޝަމީމަށް އެއްވެސް ލެޖިޓިމަސީއެއް ނެތް.
އެހެންކަމުން އޭނާއަކީ މިހާރު ޕްރޮސިކިޔުޓަރ ޖެނެރަލް ކަމަށް ބެލެވޭނޭ ގޮތެއް ނެތް. ޕީޖީ އޮފީހުގެ ވަކީލުން އޭނާގެ އަމުރަށް މަސައްކަތް ކުރުން ހުއްޓައިލާން ޖެހޭ. ކޯޓުތަކުން ޝަމީމު ޕީޖީއަކަށް ހުރެ ފޮނުވާ މައްސަލަތައް ބަލައިގަތުން ހުއްޓައިލާން ޖެހޭ. އަދި ޖިނާއީ ދަޢުވާތައް އެ ބަޔަކާ ދެކޮޅަށް އުފުލޭ މީހުން، ޝަރީޢަތް ބާއްވާ ޙާލަތުގައި، އިޖުރާއީ ނުކުތާ ނަގައި، ޝަމީމު ޕީޖީއަކަށް ހުއްޓައި މައްސަލަ ކުރިޔަށް ގެންދިޔުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ޞައްޙަ ނުވާނޭކަން ބަޔާން ކޮށް، ޝަރީޢަތަށް އެއްބާރުލުން ދިނުން ހުއްޓައިލާން ޖެހޭ.
ދިވެހި ދައުލަތުގެ މަތީ މަޤާމުތަކުގައި ނާޖާއިޒު، ޣައިރުދުސްތޫރީ، ޣައިރުޝަރްޢީ ގޮތްގޮތުން، ބާރާއި ނުފޫޒުގެ އެހީގައި ތިބެ، އިސްލާމް ދީނަށް ގޮން ޖަހަމުންދާ މީހުން ހަނދާން ކޮށް ދެނެގަންނާން ޖެހޭ، ދިވެހި ދައުލަތާއި، އެ ދައުލަތުގެ އިސްލާމީ ޝަޚްޞިއްޔަތާއި، ދިވެހި ރައްޔިތުންގެ މުސްލިމް އައިޑެންޓިޓީ އާއި، ޤާނޫނުއަސާސީގައި އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމަށް އަދި އިސްލާމީ ޝަރީޢާ އަކީ ދިވެހި ޤާނޫނުގެ މައިގަނޑު މަޞްދަރު ކަމަށް ބުނެފައި އޮންނަ އޮތުމާއި، ދިވެހި ޤާނޫނުގައި އިސްލާމް ދީނުގެ ޙައްދުތައް ނަގަހައްޓާނެގެހެއްޓުމަކީ ސަމާސާއެއް ނޫންކަން-
- އަޙްމަދު މާޖިދު
(މިލިޔުމަށް ޕީޖީ ޝަމީމްގެ ބަސްފުޅެއް ހޯދަން ޝަމީމަށް ފޮނުވުނެވެ. 2 ދުވަސްވީއިރުވެސް އެއްވެސް ކޮމެންޓެއް ދެއްވާފައެއް ނުވެއެވެ.)
ރާފުޅި ހިފައިގެން ފޮޓޯ ނަގައި އިންސްޓަގްރާމަށް ލުމުގެ ޢަމަލު ޙުސައިން ޝަމީމް ހިންގައިފައި ވަންޏާ، އެ ޢަމަލަކީ ކީރިތި ﷲ އަށާއި، އެކަލާނގެ ކަލާމްފުޅަށާއި، އިސްލާމް ދީނަށާއި، ދިވެހި ދައުލަތުގެ އިސްލާމީ ޝަޚްޞިއްޔަތަށް ގޮން ޖެހުމުގެ ޢަމަލެއް ކަމުގައި މެނުވީ ބެލެވޭނޭ ގޮތެއް ނެތް. 1/6
— ahmedmaajid (@AhmedMaajid) September 27, 2022