42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަލްހާފިޒް އަހްމަދު ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަ ކޮށްފިއެވެ.

ޤުރުއާން ހިތުދަސްކޮށް ހާފިޒެއްގެ ޝަރަފު ވެސް ހޯދާފައިވާ މި މުބާރާތުގައި ނަބީހު ގައުމަށް ހޯދައި ދިން ރީތި ނަމާއި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ހަފުލާއެއްގައި ވަނީ ނަބީހަށް ހަނދާނީފިލައަކާއި ސްމާޓް ޓީވީއެއްގެ އިތުރުން މާލޭގެ ހާއްސަ ޓްރޮފީއެއް ވެސް ވަނީ ދީފައެވެ.
ނަބީހުގެ ކިޔެވުމާއި، އޭނާގެ ހުނަރާ މެދު މުބާރާތް އިންތިޒާމްކުރި ފަރާތުގެ އިތުރުން ސައުދީ ސަރުކާރުގެ ސަމާލުކަން ވެސް ވަރަށް ބޮޑަށް ވަނީ ލިބިފައެވެ.