ރާއްޖޭގައި ބައެއް ސްކޫލްތައް ބޮޑުކޮށްފައި ކުޑަކުރަން ސަރުކާރުން ވިސްނާ ސްކޫލްތަކުގެ ތެރޭގައި ޢަރަބިއްޔާ ސްކޫލް ހިމެނިފައިވާކަން ލިޔުމުގައި ޓްވީޓުން އެނގިވަޑައިގަންނަވާނެއެވެ. އެކަމާއި ގުޅިގެން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ވިދާޅުވަނީ:
"ޢަރަބިއްޔާ ވީމަ ކުދި ސްކޫލުގެ ގޮތުގައި. އެހެން ސްކޫލެއް ވީމަ ބޮޑު ސްކޫލުގެ ގޮތުގައި. ޢަރަބިއްޔާ ބޮޑު ކުރީމަ މެނޭޖު ކުރަން އުނދަގޫވޭ. އެހެން ސްކޫލު ބޮޑު ކުރީމަ އެވަނީ ނަމޫނާ ސްކޫލަކަށް". މިފަދައިންނެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ ޤައުމީ މަންހަޖު އެކުލަވާލައި ސިޔާސަތު ކަނޑައެލުމުގެ ބާރު މިހާރު ސަރުކާރަށް އޮތް މިންވަރާއިމެދު ސުވާލުކުރެއެވެ. އަދ އޭ މިކިޔާ ޢިސްލާމް ދީނުގެ ޢަދާވާތްތެރިޔާއަށް ބޯލަނބަންޖެހި އަޅުވެތިވެފައިވާ މިންވަރަށް ވިސްނާލުމުން އެކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އދ އިން ތައްޔާރުކުރީމާ އިސްލާމް ދީނުގެ މައުލޫމާތު ހިމެނޭ ކަމަށް ބުނާ ލިޔުންތައް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ބެހި ހިސާބުން މިކަމުގައި އުފެދިފައިވާ ކަންބޮޑުވުން ފިލުވައިލުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.
ރައްޔިތުންނަށް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެއަށް އިޚްލާޞްތެރިވުންމަތީގައި ސާބިތުވުމެވެ.
ޢަރަބިއްޔާ ވީމަ ކުދި ސްކޫލުގެ ގޮތުގައި.
— Arabiyya Family (@ArabiyyaFamily) October 8, 2022
އެހެން ސްކޫލެއް ވީމަ ބޮޑު ސްކޫލުގެ ގޮތުގައި.
ޢަރަބިއްޔާ ބޮޑު ކުރީމަ މެނޭޖު ކުރަން އުނދަގޫވޭ.
އެހެން ސްކޫލު ބޮޑު ކުރީމަ އެވަނީ ނަމޫނާ ސްކޫލަކަށް. pic.twitter.com/B3b1cNEzGe