"އައްޑޫސިޓީ މަރަދޫ–ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޤަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން، ޕްލޭނިން މިނިސްޓްރީ 120،000ރ. އިން ޖޫރިމަނާކޮށްފި އެވެ."
ސުވާލަކީ މިޖުރުމަނާ ދައްކަން ޖެހޭނީ ވަޒީރަށް ހެއްޔެވެ؟ ނޫނީ މިނިސްޓްރީއަށް ހެއްޔެވެ؟ ހަމަގައިމުވެސް އެފައިސާ ދައްކަން ވަޒީރަށް ނުޖެހި މިނިސްޓްރީއަށް ޖެހޭނަމަ އެއީ ކުޅޭ ޑްރާމާއެކެވެ. ޖުރުމަނާކުރިކަމަށްބުނެލާފައި ނިންމީލިޔަސް އެކަންވާނީ ހަމަ ޑްރާމާއަކަށެވެ.
މިހާރަކަށް އައިސް ބައެއް މާބޮޑޭތި ކަންކަމުގައި އެބަ މިނިސްޓްރީތައް ކުށްވެރިވެއެވެ. އެކަމަކު މިނިސްޓަރު ކުށްވެރިއެއް ނުވެއެވެ. މިއީ 2022 ގެ ދުނިޔޭގެ ބޮޑު ޖޯކަށް ނުވޭތޯއެވެ؟ ހީވަނީ އެކުށްކުރަނީ މިނިސްޓްރީ ކަމަށެވެ. ނަމަވެސް އެއްވެސް މިނިސްޓްރީއަކީ އެއިގެ ޒާތުގައި ދިރުން ލިބިގެންވާއެއްޗަކަށްނުވާއިރު ކުށްކުރީ ކިހިނަކުންތޯއެވެ؟