"ޗާގޮސް ގެ މައްސަލައިގައި ސަރުކާރުން އެއްވެސް އިރަކު ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް އަކާ ނުވަތަ ޖޭޕީއަކާ މަޝްވަރާއެއް ކޮށްފައެއްނުވޭ. މިމައްސަލައިގައި ޕާޓީން އަދި ލީޑަރ ދެކެވަޑައިގަންނަވާ ގޮތް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި."
- އަމީން އިބްރާހީމް / ޖޭޕީގ ނައިބް ލީޑަރު
އަމީން އިބްރާހީމް އެއިޝާރާތްކުރައްވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެފައިވާ މި ބަސްފުޅަށެވެ.

މިހާރު ބަލަންޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިއުމަށް މަގުފަހިވާގޮތަށް އޮތްކަމެއްގައި ރައީސުލްޖުމްޖުމްހޫރިއްޔާ، އެމަނިކުފާނަށް ލަފާ އަރުވަން ގެންގުޅުއްވާ ބޭފުޅުންކޮޅަކާއި މަޝްވަރާކޮށްލައްވައިގެން ގޮތް ނިންމެވުމުގެ ބާރު ޤާނޫނުއަސާސީން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތަކާއިމެދުގައެވެ.
މި ބޮޑު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޚިޔާލު ހޯއްދަވާފައިނުވާކަން މަޖިލީހުގެ ރައީސް މިއަދު ދެއްކެވި ވާހަކަފުޅުން ހާމަވެއެވެ. މަޖިލީހާއި ރައްޔިތުންގެ ޚިޔާލު ނުހޯއްދަވައި ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވެދާނެ ކަންކަމުގައި އުނިވުމަށް މަގުފަހިވާގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަފުޅަށް ކަންކަން ނިންމެވޭނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ގިނަބައަކު ގެންދަނީ ބުނަމުންނެވެ.
ޗާގޮސް ގެ މައްސަލައިގައި ސަރުކާރުން އެެސްވެސް އިރަކު ޖޭޕީގެ ލީޑަރ @qasimibrahim އަކާ ނުވަތަ ޖޭޕީ އަކާ މަޝްވަރާއެއް ކޮށްފައެއްނުވެ. މިމައްސަލައިގައި ޕާޓީން އަދި ލީޑަރ ދެކެވަޑައިގަންނަވާ ގޮތް ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައި. https://t.co/3EEvMryvsb
— Ameen Ibrahim (@ameenmaldives) October 25, 2022
ދިވެހިރާއްޖެއާ ޗާގޮސްގެ މައްސަލައިގައި އަޅުގަނޑުގެ ޚިޔާލް pic.twitter.com/frGeMHM4Bo
— Qasim Ibrahim (@qasimibrahim) October 23, 2022