ބައެއް މީހުންނާ މެދު ސަހަރޯހީވެއެވެ. ދީނުގައި ކަންކަން އޮތްނެތްގޮތް ނޭނގި ތިބެމެ ކަންކަމާ މެދު ބަސްބުނާތީއެވެ. އާޚިރުގައި، ﷲގެ ދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަން "ނޯރމަލައިޒް"ކުރާން ވަކާލާތުކުރެވޭ އިރު ވެސް އެބަޔަކަށް ނޭނގޭތީއެވެ. އަދި އެ ކަންކަމާ ދެކޮޅު ހަދާ ބަޔަކާ އެ ބަޔަކު ވަރަށް ދެކޮޅުވެރިވެ ޒުވާބުދީ ހަދާތީއެވެ.
މިއީ ވަރަށް ހިތާމަވެރިކަމެކެވެ. މުސްލިމް މުޖުތަމަޢެއް ފަސާދަކުރެވޭ އިރު ވެސް އެ ބަޔަކަށް ރޭކައެއް ނުލައެވެ.
ﷲ އަށް ޓަކައި ބުނަމެވެ. ކަންކަމާ މެދު ބަސްބުނާން އަވަސްއަރައި ނުގަންނާށެވެ. ވިސްނާށެވެ. ފުރަތަމަ ކަމަކަށް ދަންނަ މީހުން ކައިރިން އަހައި އޮޅުން ފިލުވާށެވެ. ނޭނގި ނަމަވެސް ﷲއަށް ދީނަށް ދެރައެއް ނުދޭށެވެ. އިސްލާމީ މުޖުތަމަޢެއް ހަލާކުގެ ތެރެއަށް އެއްލައިލުމަށް އެއްބާރުލުން ނުދޭށެވެ. މިއީ ޒިންމާތަކެކެވެ. މަސްއޫލިއްޔަތުތަކެކެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ