ގުޅިފަޅުގަ ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގަ އަލިފާން ރޯވެ ހަތްދިހަ ތިން މީހުންނަށް އަނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ގުޅިފަޅުގަ ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގަ އަލިފާން ރޯވެ ހަތްދިހަ ތިން މީހުންނަށް އަނިޔާވެއްޖެ!

ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރުއެވެ. އަލިފާނުގެ ޙާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ.

މި ޙާދިސާގައި 13 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. މި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުމެއްލިބިފައެއް ނުވެއެވެ.

މި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚަބަރު: އެމްއެންޑީއެފް

މިއަދު އޮންލައިން