"މުންކަރާތެއް ހިންގަން އަމުރުކުރި ފަރާތަށް އިޞްލާޙީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ކުރުމަށް ދެކޮޅު ހެދި ފަރާތްތަކަށް އަޅާ ކޮންމެ ފިޔަވަޅެއްވާނީ ފަސާދީ ފިޔަވަޅަކަށް. ތާއަބަދު މަޤާމުގައި ނުތިބެވޭނެ ކަމާއި، އަނިޔާލިބޭމީހާގެ ބަދު ދުޢާއަކީ މުސްތަޖާބު ދުޢާއެއްކަން ހަނދާންކޮށް، ތިޔަ އަނިޔާވެރި ފަސާދަކުރުން ހުއްޓާލުމަށް ގޮވާލަން!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ނެށަން ދަސްކޮށްދިނުމަށް ދެކޮޅުހެދި ޓީޗަރުންނަށް ސަރުކާރުން އިޞްލާޙީ ފިޔަވަލު އަޅާކަމުގެ ޚަބަރު ފެތުރުމުންނެވެ!
- ފައުޅުގަ ޝިރުފަތުރަން ސަރުކާރުން މަސައްކަތްކުރުމުން ހައްޔަރުކޮށް ދަޢުވާކުރީ އެކަން ހުއްޓުވަން މަސައްކަތްކުރި މީހުންނެވެ. ހެޔޮ ނަޞޭޙަތްދެއްވި 2 ޝައިޚުންނަށް ވަނީ ޓެރަރިޒަމްގެ ދަޢުވާކޮށްފައެވެ.
- އިސްލާމް ދީނުގެ ޙުކުމްތަކާ ކަނޑައެލިގެން ދެކޮޅުހަދައި އަދި ރާއްޖޭގެ ޤާނޫނު އަސާސީގައި އަދަބު ކަނޑައަޅާފައިވާ ކުށެއް އޭޖީ އޮފީހުން ކުރީމާ އެޅީ ކޮންފިޔަވަޅެއްކަން އެނގޭނެ ގޮތެއްވެސް ނެތެވެ.
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ފައުޅުގައި ގޮންޖަހައި އިންޑިއާ މީހުން ރާއްޖޭގެ މަގުތައްމަތީގައި ފައުޅުގައި ހިންދޫދީންތަކަށް އަޅުކަންކޮށް ހިންދޫދީންތައް ފަތުރަމުން ގެންދާއިރު އެކަންކުރާ މީހުންނާމެދު އެޅި އިޞްލާޙީ ފިޔަވަޅަކީ ކޮބައިކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. އަޅާ އެއްވެސް ފިޔަވަޅެއް ލޮލަކަށް ނުފެނެއެވެ.
އެހެންކަމުން މިސަރުކާރުން އިޞްލާޙީ ފިޔަވަޅުގެ ނަމުގައި އަނިޔާވެރިވަމުން އަންނަނީ އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ މީހުންނަށްކަން ފާހަގަކުރެވެއެވެ.