ސިނަމާލެ ބްރިޖް މަތީ އެކްސިޑެއްޓެއް ހިނގައި، ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ސިނަމާލެ ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހި ހިނގި މިހާދިސާގައި ނިޔާވެފައިވަނީ 54 އަހަރުގެ ޖަމްބޯ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް މޫސާ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ފުލުންގެ ބުނެފައިވަނީ ބްރިޖް ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 14:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކްޑެންޓްގައި އަނިޔާވި މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް، އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައޫލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.