ފިހާރައަކަށްވަދެ މަތިމައްޗަށް ބާރަ ޖަނގިޔާ ލައިގެން ފިލަން އުޅުނު އަންހެނަކު އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފިހާރައަކަށްވަދެ މަތިމައްޗަށް ބާރަ ޖަނގިޔާ ލައިގެން ފިލަން އުޅުނު އަންހެނަކު އަތުލައިގެންފި

މާލޭގެ ފިހާރައަކަށްވަދެ މަތިމައްޗަށް ބާރަ ޖަނގިޔާ ލައިގެން ފިލަން އުޅުނު އަންހެނަކު އަތުލައިގެންފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

"އޭނާ ފިހާރައަށް ވަދެ ތަންތަން ބަލަމުން މުވައްޒިފުންނަށްވެސް ބަލަމުން ގޮސް ޖަނގިޔާތަކެއް ނަގައިގެންވަނީ ހެދުން ހެޔޮވަރުކުރާ ކޮޓަރިއަށް. ނުކުތް އިރު އަތުގައި އެއްވެސް ޖަގިޔާއެއް ނެތް. ދެން އަޅުގަނޑުމެން އޭނާ އަނބުރާ އެކޮޓަރިއަށް ވައްދުވާފައި އަންހެން މުވައްޒިފުން ލައްވައި ޗެކްކުރަން މަސައްކަތްކުރުމުން ދެކޮޅެއް ނުހަދާ ހުރިހާ ޖަނގިޔާތައް ބާލާފައިދިނީ. ހުރީ ޓެގްތައްވެސް ނުނައްޓާ ލައިގެން. އެހެންވީމާ ޖަނގިޔާތައް އަތުލާފައި އޭނާ ފޮނުވައިލީ. މުވައްޒިފުންނަށް ޖަނގިޔާތައް ހަދިޔާކުރީ ވިއްކަން ނުބަހައްޓަންވެގެން."

ފުލުހުންނާ ޙަވާލު ނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ދިން ޖަވާބުން އެނގުނީ ވައްކަންކުރަން ހިތްވަރުލިބޭ ގޮތަށް ޤާނޫނުތައް ބަދަލުކޮށްފައިހުރުމުން މާޔޫސްވެފައިވާ މިންވަރެވެ. 

"އެއިރުން އެތައް ބައިވަރު ބަޔާނެއްގައި ސޮއިކުރުވައި އެތައް ތަކްލީފްތަކެއް ޖައްސުވާފައި އޭނާ 10 ރުފިޔާއިން ޖުރުމަނާކުރާނީ. އެކަމަކުން ކުރާނެ ފައިދާއެއް ނެތް. އޭނާ ހުންނާނީވެސް ވައްކަންކުރަން ވީއްލި. އެހެންވީމާ ކީއްކުރަންތޯ ފުލުހުންނާ ޙަވާލުކޮށް ތަކްލީގް އުފުލަންވީ؟" 

ވައްކަންކުރުމުން ޖުރުމަނާ ކުރުމަށްވުރެ ވަކިމުއްދަތަކަށް ވަގުންގެ ފޮޓޯއާއި ވަނަވަރު ޢާންމުކުރުންވެސް މާރަނގަޅުވާނެކަމަށް ގިނަބައަކު ބުނެއެވެ.

މިއަދު އޮންލައިން