އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅަން އެއިރުގެ އިސްލާމިކް މިނިސްޓަރު ގޮވާލެއްވީމާ ފިޔަވަޅު ނޭޅީ މިއަދު ސަރުކާރުން އެކަންކުރަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅަން އެއިރުގެ އިސްލާމިކް މިނިސްޓަރު ގޮވާލެއްވީމާ ފިޔަވަޅު ނޭޅީ މިއަދު ސަރުކާރުން އެކަންކުރަންތޯ؟

އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނީ ފިޔަވަޅުއަޅަން އެއިރުގެ އިސްލާމިކް މިނިސްޓަރު ގޮވާލެއްވީމާ ފިޔަވަޅު ނޭޅީ މިއަދު ސަރުކާރުން އެކަންކުރަންތޯ؟ މިއީ ގިނަ ބައަކު މިއަދު ކުރަމުން ގެންދާ ސުވާލެކެވެ. މިފަދަ މައްސަލަތައް ކުރިމަތިވީމާ ރައީސް އޮފީހުން ދައްކަނީ މިއަދު ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރާ ވާހަކައެވެ. 

މިއަދު މިފެންނަނީ ޤާނޫނީ ފިޔަވަޅު އަޅަން ޤާނޫނުން ޙަވާލުކޮށްފައިވާ މުއައްސަސާތަކުން އެފަދަ ޢަމަލުތައް ކުރަމުން ގެންދާތަނެވެ. އޭޖީ އޮފީހުން ދައުލަތުގެ ނިޝާނާއިއެކު ޢާންމުކުރި ވީޑިއޯއަކީ މިބުނެވޭ ބަސްތަކަށް ލިބޭ ދަލީލަކަށް ނުވާނީ ކީއްވެގެންތޯއެވެ؟ 

ތިރީގައިވާ ޚަބަރު ވިދާޅުވެލައްވާށެވެ. 

ރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރާ މީހުންނަށް ޤާނޫނުގައިވާގޮތުގެމަތިން ފިޔަވަޅުއަޅަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވާ ގޮވާލެއްވުން އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ. 

"ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފަށް ޚިޔާލުފާޅުކުރުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން މަނާކޮށްފައިވާކަމެކެވެ! މިފަދަ ކަންކަން ހިނގާނަމަ އެކަންކަން ހުއްޓުވުމަށް ޤާނޫނުތަކުގައި ބަޔާންވެގެންވާ ގޮތަށް ފިޔަވަޅުއެޅުމަކީ ކަމާ ބެހޭ އިދާރާތަކުން ކުރަންޖެހޭކަމެކެވެ!"—ޑރ. ޝަހީމް 

ޑރ. ޝަހީމް މިމޭރުމުން ގޮވާލައްވާފައިވާއިރު އެމްޑީއެން އިން ނެރުނު ލާދީނީ ބަޔާނަށް ހިތްވަރުދީ ހަމަ އެފަދަ ބަޔާނެއް ނެރުނު ލާދީނިއްޔަތު ފަތުރަން އުތުރި އަރާފައިވާ އުތެމަ ޖަމިއްޔާއިން ނެރުނު ބަޔާނުގެ މައްސަލަ ޖޫން މަހުގެ 20 ވަނަ ދުވަހު ފުލުހުން ބަލައިގެންފައިވީނަމަވެސް މިއަދާއި ހަމައަށްވެސް މައްސަލަ ހުށަހެޅިފަރާތަށް އެއްވެސް ޖަވާބެއްވެސް ދީފައިނުވާކަން ފާހަގަކުރެވެއެވެ.  

މިއަދު އޮންލައިން