ދިވެހި ދައުލަތުން ދޮގުހެދުމާ ދޮގުމައުލޫމާތު މިއަދު އޮތް ޙާލަތަށް ބަލާއިރު:
1 ދޮގު ހެދުމަކީ ޙަރާމަކްމެއްކަމަށް ދީނުގައި އޮތްއިރު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ދޮގުހެދުން ވަނީ ޢާންމުކޮށް ހުއްދަކޮށްފައެވެ.
2 އިސްލާމް ދީނުގެ ޙުކުމްތައް އޮޅުވައިލުމާއި ދީނާއިމެދު ދޮގު މައުލޫމާތު ފެތުރުން ﷲ ތަޢާލާ މަނާކުރައްވަވާފައިވާއިރު އަދި ރާއްޖޭގެ ޤާނޫނު އަސާސީގައި މަނާކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުން ފައުޅުކަންބޮޑު ގޮތެއްގައި އެކަންކުރަމުން އައިސް އެމަސައްކަތްކުރާ އިދާރާއަކަށް އެޓޯނީ ޖެނެރަލްގެ އޮފީސްވެސް ވެއްޖެއެވެ. އެހެންވީމާ ޤާނޫނު ހަދާ މުއައްސަސާއާއި އެމުއައްސަސާއިން ފާސްކުރާ ޤާނޫނުތަކަށް ޢަމަލުކުރުވަންހުރި މުއައްސަސާ މިހާރު ވަނީ އެކަމުގައި ގުޅި ލާމެހިފައެވެ.
3 ޢަރަބިއްޔާ ސްކޫލުގެ މައްސަލައަށް ބަލައިފިނަމަ އެޑިޔުކޭޝަން މިނިސްޓަރާ ޢަރަބިއްޔާ ސްކޫލަށް ވައްދައިގެން އުޅޭ އެސްކޫލް ހިންގަން ނުޖެހޭ ކަމަށް ޤަބޫލުކުރާ ވަޤުތީ ޕްރިންސިޕަލް ގެންދަނީ ކެނޑިނޭޅި ދޮހުމައުލޫމާތުތައް ޢާންމުކުރަމުންނެވެ. މިގޮތުން ހަދާ ދޮގުތައް ދައުލަތުގެ މީޑިއާ ތަކާ ދައުލަތުން އާމްދަނީ ލިބޭ ފަރާތްތަކުން އެކި ގޮތްގޮތަށް ޢާންމުކޮށްދެއެވެ.
މިސާލަކަށް އެންމެ ފަހުންވެސް ޕްރިންސިޕަލް ބުނި އެއްވާހަކައަކީ ސްކޫލްހިންގާނެ ސްޓްރެޖިކް ޕްލޭނެއް އެކުލަވާލާފައި ނެތްވާހަކައެވެ. އެހެން ހަމަ ބުނާއިރަށް ޕްލޭނެއް އޮތްކަން ބެލެނިވެރިންގެ ފަރާތުން ހާމަކޮށްފިއެވެ.
ޢަބުރުކަތިލުން ފިޔަވައި މިބާވަތުގެ ކަންކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ކިރިޔާވެސް ކުރެވޭ ކަމަކީ ސަރުކާރާއި ބެހޭ ކަންކަމުގައި އައްޑޫ އާއި ބެހޭ ކަމެއް ކަމަކަށްވާނަމަ ބޮޑުތިލަމައްޗާއި ގުޅުވާލައިގެން އެދައްކާ ވާހަކައެއް ރައްޔިތުންނަށް ސާފުނުވާހައި ކުރު ގޮތަކަށް ހުކުރު ޚުޠުބާގައި ކޮންމެވެސް ބަހެއް ބުނެލުމެވެ.
ވީމާ ޢަރަބިއްޔާ ސްކޫލާއި ބެހޭ ގޮތުން ދައުލަތުން ތަކުރާރުކޮށް ދޮގުމަޢުލޫމާތު ޢާންމުކުރުމާއި އިސްލާމް ދީނާއިމެދު ދައުލަތުން ދޮގު މައުލޫމާތު ދިނުމާއި ދައުލަތުގެ މީޑިއާއިން ދޮގު މައުލޫމާތު ފެތުރުމުގެ މައްޗަށް ޚުޠުބާއެއްގައި ހިމާލިޔާ ފަރުބަދަ އާއި ގުޅުވައި މައުންޓް އެވަރެސްޓް ކުށްވެރިކޮށް ނަމަވެސް ކިޔައި ދެވިދާނެތޯ؟ ސުވާލުކުރަން ވަނީ ޖެހިފައެވެ.

