އެއަރޕޯޓުން ފުރަންދާމީހުން ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
މިކަމާގުޅިގެން އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ވަނީ، މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށްޓަކައި ފުރުމުގެ 3 ގަޑިއިރު ކުރިން އެއަރޕޯޓަށް ދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް ޗެކްއިން ވުމުގެ ކުރިން އިމުގާ ފޯމް ފުރުމަށްވެސް އެމްއޭސީއެލުން ވަނީ އެދިފައެވެ. މިކަމާގުޅިގެން އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ކައުންޓަރުތައް ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައެވެ.
މި ދުވަސްވަރަކީ އުމްރާއަށް މީހުން ފުރާ ދުވަސްވަރެކެވެ. މީގެއިތުރުން ސްކޫލު ޗުއްޓީ ކުރިއަށް އޮތް އިރު މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ވެސްމެއެވެ.