މިބިންދަނީ ދީނުގެ އުޅައްތައް ނޫންތޯ؟: ސަރުކާރު އެބުނަނީ އިސްލާމްދީން ނިކަމެތިކުރަނީއެއް ނޫނެވެ! އެވެރިންގެ ޢީދެއް ފާހަގަކޮށްލަނީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މިބިންދަނީ ދީނުގެ އުޅައްތައް ނޫންތޯ؟: ސަރުކާރު އެބުނަނީ އިސްލާމްދީން ނިކަމެތިކުރަނީއެއް ނޫނެވެ! އެވެރިންގެ ޢީދެއް ފާހަގަކޮށްލަނީއެވެ!

ހަމަ މިސަރުކާރުންކުރާ އެކި އެކި ކަންކަމާއި ގުޅިގެން ފާއިތުވި 3 އަހަރުގެ ތެރޭގައި ޝައިޚް އާދަމް ޝަމީމްގެ މި ބަސްފުލު މިހާރުވެސް ވާނީ އެތައް ފަހަރު ގެނެސްދީފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ކްރިސްމަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު ސަރުކާރުގެކިބައިން މިފެންނަނީ ހަމަ އެޖާލިއްޔަތުކަމެވެ. 

ނަތީޖާއެއްގެ ގޮތުން ސަރުކާރު އެބުނަނީ އިސްލާމްދީން ނިކަމެތިކުރަނީއެއް ނޫނެވެ! އެވެރިންގެ ޢީދެއް ފާހަގަކޮށްލަނީއެވެ! 

ޝައިޚް އާދަމް ޝަމީމް ދައްކަވާފައި އެވަނީ ހަމަ އެވާހަކަފުޅެވެ. އަމިއްލަ އެދުން ބޮޑުވެ ހައްދުފަހަނައަޅައިދިމުން ސުވަރުގެއަށްވިރެ މުހިންމުވާނީ ދުނިޔެ ކަމެވެ. ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަށްވުރެ ބޮޑަށް ދެވޭނީ ޝައިޠޯނާގެ ފަހަތުންކަމެވެ. 

ކުރިއަށް ވަޑައިގަންނަވާށެވެ! 

ގިނަ ޤައުމުތަކުގައާއި ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ހީނަރުކުރަން ކުރެވެމުން އަންނަ ކަންކަމުގެ ވާހަކަތައްދައްކައި ގިނަބައަކު ކަންބޮޑުވުން ފައުޅުކުރެއެވެ. ބަލައިލަންވީ އެކަންކަން ހިނގަން މެދުވެރިވާ ސަބަބަށެވެ. އެއްބައަކު މުސްލިމުންގެ ނަމުގައި ތިބެ ދީނުގެ އުޅައްތައް ބިންދަނީއެވެ. އަނެއް ބައަކު ދީން މަތިވެރިކުރުމުގެ ނަމުގައި ދީނުގެ އުޅައްތައް ބިންދަނީއެވެ. މިފަދަ ކޮންމެ ކަމަކުންވެސް އިސްލާމް ދީނަށް ލިބެނީ ހީނަރުކަމެވެ. 

މިކަމާއި ގުޅުންހުރި ވަރަށް މުހިންމު ދަރުސެއް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން މީގެ 4 އަހަރު ކުރިން ކުރިއަށް ގެންދިއަ އިހްޔާ ޕްރޮގްރާމްގެ ތެރެއިން އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމެއްގައި ޝައިޚް އާދަމް ޝަމީމް ވަނީ ދެއްވަވައިފައެވެ.

ޝައިޚް އާދަމް ޝަމީމްގެ ދަރުސުން: 

އިސްލާމް ދީން ފުނުޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ކައު އިތުރު ރަސޫލާ މުޙައްމަދު )) ދުނިޔެ ދޫކުރެއްވެވިއިރު އިސްލާމް ދީން އޮތީ ހަމައެކަނި އަރަބި ކަރައިގެ ތެރޭގައެވެ. އެހެންނަމަވެސް ޢުމަރުގެފާނުގެ ޚިލާފަތުގައި މިޞުރާއި ފާރިސްކަރަ ފަދަ ޤައުމުތައް މުސްލިމުންގެދަށަށް އައެވެ. އަދި އެކަންކަން އެގޮތަށް ވާނެ ކަމުގެ ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު ) ) ވަނީ ދެއްވަވަވައިފައެވެ. 

މިފަދަ އުފާވެރިކަމުގެ ޚަބަރުތައް ދެއްވެވުމަށްފަހުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރުތަކެއްވެސް އިތުރު އެކަލޭގެފާނު ވަނީ ދެއްވަވައިފައެވެ. 

ކައު އިތރު ރަސޫލާ () ގެ ހަދީޘްފުޅެއްގައި ވެއެވެ. "އިސްލާމް ދީނުގެ އުޅައްތައް އުޅަކަކުން ބިނދިގެން ދާނެ ދުވަސް އެބަ ކައިރިވެއޭ. އެއީ އިސްލާމްދީނުގައި އުފަންވެ، މިދީނުގައި އުޅެ ބޮޑުވާ ބައެއްގެ އަތުންނޭ ޖާހިލިއްޔަ ޒަމާން ނުދަންނަ." 

އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ އެއްޗަކީ ނުވަތަ ދީންތަކަކީ ޖާހިލިއްޔަތެވެ.  "އިސްލާމް ދީނަކީ މާތް ﷲ ގެ ވަހީ. އެހެން ހުރިހާ އެއްޗަކީ ޖާހިލިއްޔަތު. މިދީން ހަލާކުވާނީ ޖާހިލިއްޔަތު ނުދަންނަ ބައެއްގެ ސަބަބުން." 

އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީނެވެ. އެހެން ނަމަވެސް އެކަން އެނގޭނީ ޖާހިލިއްޔަތު އެނގުމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންކަން ހިނގައިދިއަ ގޮތް ވެސް އެނގުމުންނެވެ. 

މިއަދު އޮންލައިން