އިސްބަގްލަކީ ވައިގެ އުނދަގުލުންނާ ކޮލޮސްޓްރޯލުން ސަލާމަތްކޮށްދޭ އަދި ބޮޑުކަމުދިއުން ފަސޭހަވެ އިތުރު ފައިދާތައްވެސް ލިބޭ އެއްޗެއް! ތަޖުރިބާކޮށްލައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އިސްބަގްލަކީ ވައިގެ އުނދަގުލުންނާ ކޮލޮސްޓްރޯލުން ސަލާމަތްކޮށްދޭ އަދި ބޮޑުކަމުދިއުން ފަސޭހަވެ އިތުރު ފައިދާތައްވެސް ލިބޭ އެއްޗެއް! ތަޖުރިބާކޮށްލައްވާ!

އިސްބަޤުލްފެން ބުއިމަކީ ހިތަށް ރަނގަޅު ފަރުވާއެއްކަމަށް ބުނާއަޑު އަހަމެވެ. އެފަދަ މަޢުލޫމާތެއް ލިބިފައި އެބައޮތްތޯ؟ 

ކިޔުންތެރިޔާ ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ އިސްބަޤުލް ބޭނުންކުރުމުން ކޮލޮސްޓްރޯލް ތިރިވެއެވެ. އެކަން މިއަދު މިއަދުނޫހުގެ ކިޔުންތެރިއަކުވެސް ވަނީ ތަޖުރިބާކޮށްފައެވެ. އެހެންކަމަށްވާއިއރު އެއީ ހިތަށް އޮތް ފައިދާއެކެވެ. 

ތިރީގައިވާ ލިޔުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އަދި އެއިގެ އިތުރުންވެސް ދަންނަވާލަމެވެ. އެލިޔުމުގައި ހުރި ފައިދާތަކުގެ އިތުރުން އިސްބަޤުލަކީ ބޮޑުކަމުދިއުމަށް އުނދަގޫވާ މީހުންނަށްވެސް ޝިފާލިބޭ އެއްޗެކެވެ. އަދި ހަކުރު ބަލީގެ ބޭހެއް ނޫންނަމަވެސް ހަކުރު ބަލީގެ މީހުން ބޭނުންކުރުމުން ފައިދާކުރާއެއްޗެކެވެ. 

ލިޔުމުގެ އެންމެ ތިރީގައިވާ ލިންކުގައިވާ ލިޔުމުން މިކަންކަން ޔަޤީންކޮށްލައްވާށެވެ. 

އަޅުގަނޑަކީ ވައިގެ އުނދަގޫ ހުންނާތީ ބޭސްކަމުން އަންނަ މީހެކެވެ. މީގެ އިތުރުން އަޅުގަނޑަކީ ހަކުރު، ކޮލެސްޓްރޯލް ލޭމައްޗަށް ދިއުން ފަދަ ގިނަ ކަންކަމަށް ބޭސްކަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ މީހެކެވެ. 

މީހަކު ދިން މައުލޫމާތަކާއި ގުޅިގެން އިސްބަގުލުފެން ބޯންފެށީމެވެ. ރޭގަނޑު ދޮޅު ލިޓަރު ފެންފުޅިއަކަށް ކުދި ސަމުސަލުގެ 4، 5 ސަމުސާހައި އިސްބަގުލު އަޅާފައި ބަހައްޓަނީއެވެ. ހެނދުނު ތެދުވެ ބޯންފަށަނީއެވެ. މަދުމަދުން ބޮމުން ގެންގޮސް ދުވާލު ފުޅި ހުސްކުރަނީއެވެ. އެކަންކުރަންފެށިފަހުން ވައިގެ އުނދަގޫތަކުން ސަލާމަތްވިއެވެ. 

އެއިގެ މަހެއްހައި ދުވަސްފަހުން އާދައިގެމަތިން ޢާންމުކޮށް ކޮންމެ 3 މަހަކުން ހަދާ ޓެސްޓްތައް ހެދިއިރު ކޮލެސްޓްރޯލްވަނީ ފިލައިފައެވެ. ރަނގަޅު ކޮލޮސްޓްރޯލް ވަނީ މަތިވެފައެވެ. ފާއިތުވި އެތައް އަހަރަކު މިއަންނަނީ ކޮންމެ ރެއަކު 20 މގ އެޓްރޮވިން  ބޭނުންކުރަމުންނެވެ. ޑޮކްޓަރު ލަފާދެއްވީ ވަގުތުން ބޭސްކެއުން ހުއްޓާލުމަށެވެ. 

ބޭހާއިއެކުވެސް އަބަދުވެސް ކޮލޮސްޓްރޯލް ހުރީ މަތީ ފަށަލައިގައެވެ. ދަށްވި ސަބަބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިސްބަގުލުފެން ބޭނުންކުރުމެވެ. އެއީ އެނޫން އިތުރު އެއްވެސް ކަމެއް އަޅުގަނޑު ނުކުރާތީއެވެ. 

މިއީ އަޅުގނޑުގެ ތަޖުރިބާއެވެ. އިސްބަގުލުފެނަކީ ޞިއްޙަތަށް ފައިދާހުރި ހަށިގނޑު ފިނިވެސްކޮށްދޭ އެއްޗެއްކަމަށް ޑޮކްޓަރުން ވެސް ބުނެއެވެ. ވީމާ ބުއިމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. ތަޖުރިބާކޮށްލެއްވުން ކީއްތޯއެވެ؟ 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

އިތރު މަޢުލޫމާތު ހިމެނޭ ލިޔުމެއް:

https://pharmeasy.in/blog/isabgol-psyllium-husk-uses-benefits-side-effects/

 

 

 

މިއަދު އޮންލައިން