ޙަރްމްފުޅާއި އެންމެ ގާތުގައި މިފަހަރުވެސް ތިބީ އަސްކޮއި އަސްކޮއި ޓްރެވަލް ސަރވިސަސްގެ ޢުމްރާވެރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕުގެ އެއްބައަކު ތިބީ 3 މިނިޓުން ޙަރަމްފުޅަށް ދެވޭހައި ގާތުގައެވެ. އެހެން މީހުންވެސް ތިބީ 5 ވަރަކަށް މިނިޓުން ދެވޭހައި ގާތުގައެވެ.
އެގްރޫޕާއެކު މިފަހަރު ޢުމްރާއަށްދާ އެންމެން މިހާރުވަނީ މައްކާއަށްގޮސްފައެވެ. އެންމެފަހު ގްރޫޕު މައްކާއަށް ފޯރީ މިއަދު މެންދުރުފަހު 2:00 ހައިއިރުއެވެ. އެގްރޫޕުން މައުލޫމާތުދިން ގޮތުގައި ހުރިހާ އެންމެންގެ ޙާލުވެސް ރަނގަޅެވެ.
"އަޅުގަނޑު ވަރަށް ގިނަ ގްރޫޕުތަކާއެކު ޢުމްރާއަށް ހިނގައްޖައިން. އަސްކޮއި ގްރޫޕުން ދަތުރުކުރަންފެށީ އެގްރޫޕުގެ ވެރިންގެ އިޚްލާޞްތެރިކަމުން. މުޢާމަލާތުކުރުމުގަ އޯގާތެރިކަމުން. ދޭ މައުލޫމާތާއި އެއްގޮތަށް ޚިދުމަތްދޭތީ. އެއްވެސް ކަމަކަށް ޝަކުވާކުރަން ނުޖެހި ދަތުރުގެ ކަންކަން ނިންމައިލެވޭތީ." ކަމަށް އެގްރޫޕާއިއެކު ގިނަ ދަތުރުތަކެއް ކުރައްވާފައިވާ ބޭކަލަކު މިއަދުނޫހަށް ވިދާޅުވެފައިވެއެވެ.
އަސްކޮއި ޓްރެވަލް ސަރވިސަސްގެ ވެރިޔާ ޢަބްދުﷲ ރަޝީދު ވިދާޅުވީ އަބަދުވެސް ބައްލަވަނީ އެގްރޫޕާއިއެކު ދަތުރުކުރާ މީހުންނަށް ފުރުމުގެ ކުރިން ދެވޭ މައުލޫމާތަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތެއް ދެއްވަން ކަމަށެވެ. އަދި ކެއުންވެސް އެންމެންނަށް ކަމުދާނެ ތަފާތު ރަހަތަކާއިއެކު ދެއްވަން މަސައްކަތްކުރައްވާ ކަމަށާއި އަދި މިހައި ތަނަށް ކުރެވުނު ދަތުރުތަކުގައި އެކަންކަން ކާމިޔާބުކުރެވިފައިވާ ކަމަށެވެ.
