ނީލަން ފިހާރަ ސަރަޙައްދުގަ އަނެއްކާވެސް ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ނީލަން ފިހާރަ ސަރަޙައްދުގަ އަނެއްކާވެސް ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އަލިފާނުގެ ބޮޑެތި ޙާދިސާތައް ގިނަގިނައިން ހިނގަމުން އަންނަ "ނީލަން ފިހާރަ ސަރަހައްދު" ގައި އަނެއކާވެސް ބޮޑު އަލިފާނުގެ ޙާދިސާއެއް ހިނގއިފިއެވެ. 

އެމްއެންޑީއެފުން ބުނީ ޙށާދިސާގެ މަުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5.49 ހައިއިރު ކަމަށެވެ. އަދި ރޯވި އަލިފާން މިހާރު ކޮނޓްރޯލްކުރެވިފައިވާކަމަށާއި އަލިފާން ނިއްވަން އެއާޕޯޓުން ފަޔަރ ލޮރީ ގެންނަން ޖެހުނު ކަމަށެވެ. 

އެސަރަހައްދުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އެކޮމޮޑޭޝަން 2 ބްލޮކުގެ ތެރެއިން 1 ބްލޮކް އަނދައިހުލިވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

6 ޖަހާއެހައިކަންހާއިރު ރޯވި އަލިފާން އަދިވެސް އެކުގައި ނިއްވައިލުވުމުން މިހާރު މިދަނީ އަނދާތާ 4 ގަޑިއިރު ހަމަވާން ކައިރިވަމުންނެވެ. އެހެންކަމުން ރޯވި އަލިފާންގަނޑުގެ ބޮޑުކަން އެނގިގެންދެއެވެ. އެ ސަރަހައްދަކީ ސިފައިންނަށް ބޭނުންގޮތަކަށް ޙަރަކާތްތެރިވެވޭނެ އަދި މޫދާއި ގާތްވުމުން ޖަހާނެ ލޮނު ލިބެން ފަސޭހަވެގެންދާނެ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން