ނީލަންފިހާރަ ސަރަޙައްދުގައި ރޭ ފަތިހު ހިނގައިގެންއުޅޭ އަލިފާނުގެ ޙާދިޘާގައި އެކޮމޮޑޭޝަން ބްލޮކް އަނދައިދިއުމުން މިވަގުތު ޢިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި ތިބި މީހުން އެތަނުން ނުކުމެގެން އައިސްފައިވަނީ ހުސްއަތާއެވެ. ގިނަ ބައަކު ނުކުމެފައިވަނީ ގެންގުޅުނު އެއްޗެތި ދޫކޮށްލައިފައެވެ.

ސިޓީ ކައުންސިލުން ގެންދަނީ އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. މިއަދުނޫހުން އެތަނަށް ދެވުނުން ކައުންސިލަރުންގެ އިތުރުން މޭޔަރ ޑރ. މުޢިއްޒު ވެސް ހުންނެވީ އެމީހުންނާއި އެކުގައެވެ.

މިއީ ތިއަ ބޭފުޅުންގެ އަތްޕުޅުގައި ހުރި އަންނައުމުން އެމީހުންނަށް ޞަދަޤާތެއް ކޮށްލައްވަން ރަނގަޅު ފުރުޞަތެއް ކަމަށެ ދެކެމެވެ. ޙާލުގައި ޖެހިފައިވާ ބައަކަށް އެހީތެރިވުމެ ނަފްސާނީ ފަރުވާ ދިނުމަށް މޮޅުވާހަކަ ދެއްކުމަކުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. ފައިދާކުރާނީ އެމީހުންގެ ދަތިތައް ޙައްލުކޮށްދޭން މަސައްކަތްކޮށް އެހީތެރިވުމުންނެވެ. އަދި ﷲ ތަޢާލާގެ މަގުގައި ކުރެވޭ ޞަދަޤާތަކީ އާޚިރަތް ދުވަހު އެކަމުގެ ފައިދާ އިންތިހާއަށް ކުރާނެ، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ.