ތަފާތު އެންމެ ގިނަ ބާވަތްތަކުގެ މުދައު އެންމެ ހެޔޮ އަގުގައި ވިއްކުމަށް މަޝްހޫރު ރެޑްވޭވް ފިހާރަތަކުގެ 13 ވަނަ ފިހާރު މިއަދު ހަވީރު މާލޭގައި ހުޅުވައިފިއެވެ.

މަޖީދީމަގުގައި ހުންނަ އެސްޓީއޯ ހެންވޭރު ބޭސް ފިހާރަ ކުރިމަތިން ކުރީގެ ނިޝާން ބުކްސެންޓަރު ހިންގި ސަރަހައްދުގައި މިއަދު ހުޅުވި ފިހާރައާއިއެކު މާލޭގައި ރެޑްވޭބްގެ 11 ފިހާރަ ހަމަވީއެވެ. ހުޅުމާލޭގައި ދެ ފިހާހައެވެ. އެހެންކަމުން ޖުމުލަ އަދި އެހަމަވީ 13 ފިހާރަ ނަމަވެސް އަގޯރާގެ ބޮޑު 2 ފިހާރަ ރެޑްވޭވުން ގަނެފައިވުމުން ދާދި އަވަހަށް އެ ދެފިހާރަވެސް ހުޅުވިގެންދާނެއެވެ.

އަޙްމަދު ސަލީމް ވިދާޅުވީ ކުރީގެ ސޯސަންމަގު އަގޯރާ ފިހާރައާއި މަޖީދީމަގު އަގޯރާ ފިހާރަ ވީހައި އަވަހަކަށް ހުޅުވަން މަސައްކަތްކުރެވެމުން އަންނަކަމަށާއި ލަސްވެގެން އަންނަ މަހުގެ ނިޔަލަށް ދެ ފިހާރަވެސް ހުޅުވައި ޚިދުމަތްދޭން ފެށޭވަރުވާނެ ކަމަށެވެ. އިން ޝާ ﷲ
"އެތަނުން މަޖީދީމަގު ފިހާރައަކީ ވަރަށް ބޮޑު ތަނެއް ފަސް ފަންގިފިލާގެ ތަނެއް އެއީ. އެހެންވީމާ ފްލޯތަކުން ތަފާތު ގިނަ ބާވަތްތައް ލިބެންހުންނާނެ."

ފިހާރަ ހުޅުވައިދެއްވުމަށްފަހު ރެޑްވޭވް ގްރޫޕުގެ ޗެއާމަން އަޙްމަދު ސަލީމް (ރެޑްވޭވް) ސަލީމް ވިދާޅުވީ ފިހާރަތައް ކިތަންމެ ގިނަވެގެން ދިއަ ނަމަވެސް އާންމުންނަށްޓަކައި ހެޔޮ އަގުގައި ކާބޯތަކެތި ހުރިހާ ފިހާރަތުންވެސް ވިއްކަމުން ގެންދާނެ ކަމަށެވެ. އަދި ޖާގަ އޮންނަވަރަކުން ޓެކްސްޓައިލްސް އާއި އެހެން ބާވަތްތައްވެސް ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާނެކަމަށެވެ!