ކެމްބޯޑިއާގެ ބޮޑުވަޒީރު ވަޑައިގަންނަވާތީ ޖަނަވަރީ 15 ވަނަ ދުވަހަގެ އިރުއޮއްސި 18:00ން ފެށިގެން މާލޭގެ ބަައެއް ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ބަންދު ކުރެވޭ ސަރަހައްދު ތަކުގެ ތެރޭގައި އިއްޒުއްދީން ފާލަން، ޖުމްހޫރީ މައިދާން އަދި ހޮޓެލް ޖެން ހުންނަ ސަރަހައްދު ހިމެނޭކަމަށެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިމަހު ސޯޅަ ވަނަ ދުވަހުއެވެ.