ރާއްޖޭގެ ވެރިންނަކީ ދެލޮލަށް ފެނުން ދެއްވަވާފައިވާބައެއްކެވެ. ރައީސް އިބްރާހީމް އަކީވެސް ހޯމް މިނިސްޓަރ އަދި އެލްޖީއޭގެ ވެރިޔާ ޝައިޚް އިމްރާން އަކީވެސް ލޯފުޅަށް ފެނިވަޑައިގަންނަވާ ބައެކެވެ. އެހެނަސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ދެލޯފުޅަށް ފެނިވަޑައިނުގަންނަވާ، ޤައުމުގެ ޙާލަތު އެނގިވަޑައިނުގަންނަވާ ބޭފުޅުންނަށް ހެދިވަޑައިގެންފައެވެ.
އެކަން ފާހަގަކުރައްވައި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ:
"މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއްނެތިރަށުތެރޭގައި އުޅުން އާންމުވެއްޖެ. އިޝްތިހާރު ކޮށްގެން މަސާޖުޕާލާ ތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުންވެސް ޢާއްމު ވެއްޖެ. މިކަންކަމަށް ފިޔަވަޅު އަޅާނެމުއައްސަސާއެއް، ޒިންމާވާނެފަރާތެއްމިއަދު ފެންނާކަށްނެތް. ވދެރަ."
ވެރިކަން ފެށިގެން އައިދުވަސްވަރު، ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ ބެލެނިވެރިކަން ލިބިފައިވާ ޕާޓީ، އޭޕީން މިކަންކަމަށް ކަންބޮޑުވެގެން އުޅުނުތަން ފެނުނެވެ. ނަމަވެސް އެއިގެ ފަހުން އެފަދަ ކަމެއް އެޕާޓީއަކުންވެސް ނުފެނެއެވެ.
ފަހަކަށް އައިސް މިފަދަ ކަމަކަށް ކަންބޮޑުވެގެން އުޅުއްވާތަން ފެންނަނީ ޝައިޚް ޢަލީ ޒައިދުގެ އަރިއަހުންނެވެ. ޝަ އިޚް މިހާރުވަނީ އޭޕީގެ ޢިލްމުވެރިންގެ މަޖިލީހުން އިސްތިޢުފާ ދެއްވައިފައެވެ.
މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއްނެތިރަށުތެރޭގައި އުޅުން އާންމުވެއްޖެ.އިޝްތިހާރު ކޮށްގެން މަސާޖުޕާލާ ތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުންވެސް ޢާއްމު ވެއްޖެ.މިކަންކަމަށް ފިޔަވަޅު އަޅާނެމުއައްސަސާއެއް، ޒިންމާވާނެފަރާތެއްމިއަދު ފެންނާކަށްނެތް.ވދެރަ
— Dr.Ali Zahir bin Saeed Gasim (@alizahirsaeed) January 17, 2023