ރީތި ނަންތައް ކިޔައިގެން އެހެން ދީންތައް ފަތުރަން ކުރާ މަސައްކަތްތަކަށާ ޝިރުކު ފަތުރަން ވާގިވެރިވާ މީހުންނަށް ޖެހޭނީ ޝިރުކުގެ ކަނޑަށް ޣަރަޤުވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރީތި ނަންތައް ކިޔައިގެން އެހެން ދީންތައް ފަތުރަން ކުރާ މަސައްކަތްތަކަށާ ޝިރުކު ފަތުރަން ވާގިވެރިވާ މީހުންނަށް ޖެހޭނީ ޝިރުކުގެ ކަނޑަށް ޣަރަޤުވާން!

"މިއުޅެނީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން" ކަމަށް ފައުޅުގައި ބުނަން ނުކެރިގެން އުޅެނީ އެކަމަށް ދެކޮޅުހަދައި ކުރިމަތިލާނެ މީޙުން ގިނަވީމައެވެ. އެހެންވެ ސިއްރު އެޖެންޑާގައި ގެންގުޅެނީ އެފަދައިން ބުނި ނަމަވެސް ދެކޮޅު ހަދާނެ މީހުންގެ ޢަދަދު މަދުކުރުވުމެވެ. 

ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލުނަ ނުދީ ޙިމާޔަތްކުރާނެ ކަމަށް ބުނަމުން، އެކަމަށް ޤަވާޢިދުތަކެއްވެސް ހަދައިގެން ފެށި ލޯކަލް ޓޫރިޒަމްގެ ކަންކަން މިއަދު ގޮސްފައިވާ ހިސާބުން އެކަނިވެސް މިދައްކާ ވާހަކައަށް ހެކިލިބިގެންދާނެއެވެ. އެއިގެ އިތުރުން ފައުޅުގައި ދިވެހިރައްޔިތުންގެ ކުރިމަތީގައި އެހެން ދީންތަކަށް އަޅުކަންކޮށް އެހެން ދީންތައް ފަތުރަމުން ގެންދާއިރުވެސް ޤާނޫނުގައި ބަޔާންވެގެންވާ ފިޔަވަޅުތައް ނުއަޅައި ދޫކޮށްލާފައި މިއޮތް އޮތުމަކީވެސް އެކަމުގެ ހެއްކެކެވެ. 

ޢިބްރަތް ޙާޞިލްކޮށް ހަނދާނަށް ގެންނަންވީ މިފަދަ ބަސްތަކުންނެވެ. 

ގެ ޝަރީޢަތުގެ ރާޅުގަނޑުގައި ﷲ ބާވާލެއްވިތަކެތި ނޫން އެހެން އެއްޗެހިން ޙުކުމްކުރާ ޝިރުކީ ޑިމޮކްރަސީގެ ކޮންމެ އޮޑިއެއް ފެތިގެންދާނެއެވެ. އަދި މުސްލިމުންނަށް ބަރަކާތާއި ޢިއްޒަތާއި ޝަރަފު ގެނެސްދޭނެއެވެ. މިއީ ﷲ އާއި އެއިލާހުގެ ރަސޫލު ގެ ވަޢުދުފުޅެވެ. 

هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ (As-Saf 61:9)

"އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ ދީން ތަކުގެ މައްޗަށް އެ ދީން މަތިވެރި ކުރެއްވުމަށެވެ. މުޝްރިކުން ނުރުހުނުކަމުގައި ވިޔަސްމެއެވެ."

--އައިޝަތު އަހުނާ

 

މިއަދު އޮންލައިން