މިއީ އިސްލާމް ދީނަށް ގޮންޖެހި ކޮންމެ ޚާއިނެއްގެ ނިމުން ހިތިކަން ޘާބިތު ކޮށްދެމުންދާ ދިވެހި ރާއްޖެ!: ޝައިޚް ޝިފާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މިއީ އިސްލާމް ދީނަށް ގޮންޖެހި ކޮންމެ ޚާއިނެއްގެ ނިމުން ހިތިކަން ޘާބިތު ކޮށްދެމުންދާ ދިވެހި ރާއްޖެ!: ޝައިޚް ޝިފާން

"މިއީ، އިސްލާމީ އަޤީދާއާއި މިނިވަންކަމުގެ ދިފާޢުގައި ޤުރުބާންވި އެތަކެއް އަބްޠާލުންގެ ލެއިން ދިރުން ގެނުވައި ކުފުރާއި ޝިރުކުގެ މުޑުދާރުކަމުން ޠާހިރުކޮށްފައިވާ ދިވެހި ރާއްޖެއެވެ. އިސްލާމް ދީނަށް ގޮންޖެހި ކޮންމެ ޚާއިނެއްގެ ނިމުން ހިތިކަން ޘާބިތު ކޮށްދެމުންދާ ދިވެހި ރާއްޖެއެވެ."

- ޝައިޚް މުޙައްމަދު ޝިފާން 

ޝައިޚް ޝިފާން މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ޑރ. އިޔާޟަށާއި ޝައިޚް ޢަލީ ޒައިދަށް ނިޞްބަތްކޮށް "މިއީ އަފްގާނިސްތާނެއް ނޫން. މިއީ މޮޑާން ސޮސައިޓީއަކަށް ބަދަލުވަމުންދާ ދިވެހިރާއްޖެއެއް. ތިދެބޭފުޅުން ބޭނުންވާހާ ގޮތަކަށް މީހުންނެއް ނޫޅޭނެ. ވަހުޝީކަމާއެކީގައި ތާކިހާ އަޅާއިގެން ޓުއީޓް ކޮށްލަކޮށްލާ ތިބެންޖެހޭނީ." ކަމަށް މީހަކު ބުނެފައިވާ ބަހަކަށް ރައްދު ދެއްވަމުންނެވެ.

ދުޢާއަކީ މިދިވެހިފަސްގަނޑުގައި ޝިރުކުފަތުރައި އެހެން ދީންތަކަށް އަޅުކަންކޮށް، އިސްލާމް ދީން ނިކަމެތިކުރުމުގެ ފުރުޞަތު ނުދެއްވެވުމެވެ. އާމީން

މިއަދު އޮންލައިން