ހުކުރު ދުވަހުގެ ރޭ |މާދަމާ ރޭ| ވިލިމާލޭގަ ބާއްވާ ޝައިޚް ފަރީދުގެ ދަރުސަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ހުކުރު ދުވަހުގެ ރޭ |މާދަމާ ރޭ| ވިލިމާލޭގަ ބާއްވާ ޝައިޚް ފަރީދުގެ ދަރުސަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ!

މާދަމާރޭ (ހުކުރު ދުވަހުގެ ރޭ) ވިލިމާލޭގައި ބާއްވަން ހަމަޖައްސާފައިވާ ޝައިޚް އިބްރާހީމް ފަރީދް އަޙްމަދުގެ ދަރުސަށް ޖަމިއްޔާތަކުން ވަރަށް ބޮޑަށް ވަނީ ތައްޔާރުވެފައެވެ. ދަރުސް ގެ މަޢުލޫމާތު މިހާރު ވަނީ މުޅި ރަށުގައި ޢާންމުކޮށްފައެވެ. 

އައިޑީ ސްޕޯޓްސް ކްލްބާއި ވިލިމާލޭގެ އެހެން ޖަމާއަތްތައްވެސް ގުޅިގެން 27 ޖަނަވަރީ، ހުކުރު ދުވަހުގެ ރޭ 8.45 ގައި ބާއްވާ މި ދަރުސް އޮންނާނީ ވިލިމާލޭ ބަނދަރު ސަރަޙައްދުގައެވެ. ދަރުސްގެ މައުޟޫއަކީ "އޭ ޣާފިލުވެފައިވާ ޒުވާނާ!" އެވެ. 

ވީހާ ގިން ބޭފުޅުން މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގެންދެއްވުމަށް ދަރުސް އިންތިޒާމްކުރާ ފަރާތްތަކުން އެދިލއްވައެވެ.

މިއަދު އޮންލައިން