ފ އަތޮޅުން ބައެއް ސައުދީއަށް ވިއްކާލަން އުޅޭކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފަ މާލެ ސަރަޙައްދު ކާފިރުންނަށް ވިއްކާލާތީ ކަންބޮޑުވުން އިތުރުވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ފ އަތޮޅުން ބައެއް ސައުދީއަށް ވިއްކާލަން އުޅޭކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފަ މާލެ ސަރަޙައްދު ކާފިރުންނަށް ވިއްކާލާތީ ކަންބޮޑުވުން އިތުރުވަނީ!

ފ އަތޮޅުން ބައެއް ސައުދީއަށް ވިއްކާލަން އުޅޭކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފަ މާލެ ސަރަޙައްދު ކާފިރުންނަށް ވިއްކާލާތީ ކަންބޮޑުވުން އިތުރުވަނީ! 

މިކަން މިކުރަނީ ބަންގްލަދޭޝްގެ މުސްލިމުން ރާއްޖޭގައި ގިނަވާތީ އެޤަުމުގެ މުސްލިމުންނަށް ރާއްޖޭގައި މަސައްކަތްކުރަން ނައުދެވޭގޮތްހެދުމަށްފަހު އެހެން ދީންތަކުގެ މީހުން ރާއްޖެގެނެސް ފުރާލި ހީލަތްތެރި އުޞޫލުންނެވެ! 

ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީން ހިމާޔަތްކޮށް ދިވެހި ފަސްގަނޑަކީ ދިވެހިންގެ އަމިއްލަ ފަސްގަނޑެއްގެ ގޮތުގައި ބާއްވަން ބޭނުން ދިވެހިންނަށް މިއަދު މިވަނީ އެމީހަކަށް ކުރެވެން އޮތް މަސައްތެއްކޮށް ޤައުމާއި ދިނަށްޓަކައި ކުރަންޖެހިފައެވެ.

 

ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުގެ ފަރާތްތަކަށް ބިންވިއްކުމަށް ސަރުކާރުން ހުޅުވާލުމުން ކަންބޮޑުވުން ފައުޅުކޮށް އެމްއެންޕީން ނެރުނު ބަޔާން: 

މާލެއަކީ ރާއްޖޭގެ ސިނާޢީ ހަބް ކަމުގައިވާއިރު، ތިލަފުއްޓަކީ މާލޭގެ ސިނާޢީ ތަރައްޤީގެ ވަރަށް މުހިންމު ބައެކެވެ. އަދި މީގެ އިތުރުން، މާލޭގެ ސަރަޙައްދަކީ ބިމުގެ ގޮތުން ދަތި ސަރަޙައްދަކަށްވާއިރު، މާލޭގެ ސަރަޙައްދުން، ޚާއްޞަގޮތެއްގައި މާލޭގެ ސިނާޢީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަޙައްދަކުން، ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން (99 އަހަރަށް ދިނުމަށް) ހުޅުވާލުމަކީ މޯލްޑިވްސް ނެޝަނަލް ޕާޓީން ކަންބޮޑުވާ ކަމެކެވެ.

ޚާއްޞަގޮތެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި ކޮވިޑްގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް، ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުޞޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއްނޫނެވެ. އެއީ ދިވެހި އިޤްތިޞާދަށާއި އަދި ޢާއިލާތަކުގެ މާލީ ޙާލަތަށް ސީދާ ގެއްލުންވާނޭ ކަމެކެވެ. މި ޕާޓީން ޤަބޫލުކުރަނީ ދިވެހިރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ، ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަކަށް އޮންނަ "އެންމެފުރަތަމަ ދިވެހިން" ސިޔާސަތުތަކަށް ވާންޖެހޭނެ ކަމަށެވެ.

އެހެން ކަމުން، ތިލަފުށީގެ ސިނާޢީ ސަރަޙައްދުން ބޭރުމީހުންނަށް ބިންވިއްކުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރެއްވުމަށް ދިވެހިސަރުކާރަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ގޮވާލަމެވެ.

14 ރަޖަބް 1444

5 ފެބުރުއަރީ 2023

މިއަދު އޮންލައިން