"އިއްޔެގެ ޙާދިސާއަކީ ރައްޔިތުންގެ މަޖިލީހުގެ ވެރިން އަންހެން ކަނބަލުންނަށް ކުރި ފުރައްސާރައެއް! އަދި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އުޅުމަކީ އާދައިގެ "ނޯމަލް" ކަމެއްގެ ގޮތުގައި ދެއްކުވުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ހިންގި ހަޑިމުޑުދާރު ޖަރީމާ އެއް!" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
މިފެންނަނީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ލައްވައި ފިރިހެނުންގެ ގައަށް އަރުވާތަނެވެ. ދިވެހި ބަހުގައި "ގައަށް އެރުން" ކިޔަނީ މީހެއްގެ ނުރުހުމުގައި އެމީހެއްގެ ގައިގައި އަތްލުމަށެވެ. މީހެއްގެ ނުރުހުމުގައި އެމީހާގެ ގައިގައި އަތްލުމުން ބުނެ އުޅެނީ "ގައަށް ނާރާ"ށެވެ.
ފުލުހުންވެސް ޚާއްޞަ ޙާލަތެއްގައި ނޫނީ މިކަމަށް ސަމާލުކަންދޭކަން ފާހަގަކުރެވެއެވެ. މަގުމަތީގައި ހިނގާ ކަންކަން ކޮންޓްރޯލްކުރަން ނުކުންނަ ފުލުހުންގެ ތެރެއަށް އަންހެން ވެއްދީވެސް އެ މަޤްޞަދު ޙާޞިލުކުރަންކަން ފާހަގަކުރެވެއެވެ.
މަޖިލިސްތެރެއިން މިދައްކާ ނަމޫނާ އާއި ދޭފިލާވަޅުގެ ސަބަބުން އެ މަޤްޞަދު މިހާރު މިވާނީ ބާކީވެފައެވެ.
އިއްޔެގެ ޙާދިޘާ އަކީ @mvpeoplesmajlis ގެ ވެރިން އަންހެން ކަނބަލުންނަށް ކުރި ފުރައްސާރައެއް. އަދި އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ އުޅުމަކީ އާދައިގެ "ނޯމަލް" ކަމެއްގެ ގޮތުގައި ދެއްކުވުމުގެ ބޭނުމުގައި ދުރާލާ ރާވައިގެން ހިންގި ހަޑިމުޑުދާރު ޖަރީމާ އެއް. https://t.co/VrWUpuyyA6
— Dr.Mohamed Iyaz (@dr_iyaz) February 7, 2023