މިއަދުގެ ޢަޞްރު ނަމާދުގައި ކަށުނަމާދުކުރެވުނު މައްޔިތާގެ ސަންދޯއް ބަލައި އެމްބިޔުލާންސް އިސްލާމީ މަރުކަޒާއި ކައިރިކުރުމުން ސިފައިންގެ 2 ބޭކަލަކު ހަތިޔާރާއިއެކު އެމްބިޔުލާންސް ކައިރިއަށް ދުރުވިއެވެ.
މަނަޒަރުފެނި އެތަނުގައި ބޮޑު ނުރައްކަލެއް އޮވެގެން އުޅެނީކަމަށް ހީވެ ގަތް ބިރުން "މިސްކިތުގެ ހަރިންމަ ތެރޭގައި ހަތިޔާރު ހިއްޕަވައިގެން ތިއައުޅުއްވަނީ އަނެއްކާ މިތަނުގައި ކިހައި ބޮޑު ނުރައްކާތެރިކަމެއް އޮތުމުންތޯ؟ ޔަހޫދީންގެ ބާރުފޯރުވާ ޣާޒާ ނުވަތަ ޤުދުސްގެ ޙާލަތަށް ރާއްޖެ ދިއައީތޯ؟" ސުވާލުކުރުމުން ވިދާޅުވީ މަޞްލަޙަތު ނަގައިނުލުމަށެވެ.
ފަހުން އެބޭކަލުން ސެޓުން ދެއްކި ވާހަކައިން އެބޭކަލުން އެތަނަށް ދުރުވީ އެމްބިޔުލާންސް ކައިރިކޮށްގެން އުޅޭ ސަބަބު ބައްލަވަންކަން ދޭހަވިއެވެ. ސުވާލަކީ ޢަޞްރަށް ބަންގިގޮވީންސުރެ ހަމަ އެސަރަހައްދުގައި ޕާކުކޮށްފައި އޮތް އެމްބިޔުލާންސް ގެ މަޢްލޫމާތު ހޯދަން މީހުން ނަމާދުން ފޭބިވަގުތު ހިތުގައި ބިރުވެރިކަން އުފެދޭނެ ގޮތަށް ބަޑިހިފައިގެން ޙަރަކާތްތެރިވީ ކީއްވެގެންބާވައެވެ؟ އެހައިރުވީއިރުވެސް އެމަޢުލޫމާތު ސާފުނުކޮށް މަޑުކުރީ ކީއްވެގެންބާވައެވެ؟
ޔާ ﷲ! އަވަސްގޮތަކުން ދިވެހި ޤައުމު މިހާލަތުން ސަލާމަތް ކުރައްވަވާށި! އާމީން