ބިން ހެލުމުގަ ޙާލުގަ ޖެހުނު މީހުންނަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބިން ހެލުމުގަ ޙާލުގަ ޖެހުނު މީހުންނަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި!

ސީރިޔާއަށާއި ތުރުކީއަށް އައި ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުންގެ ފަރާތުން ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެކުދިން މިފައިސާ ހަދިޔާކޮށްފައިވަނީ 2019 އަދި 2022 ވަނަ އަހަރު ބޭއްވި ގްރޭޑް 8،9 ގެ ދަރިވަރުން ބޭއްވި އޭބީއީ ފެއާއިން ލިބިފައިވާ ފައިސާގެ ތެރެއިންކަމަށް އެސްކޫލުން ބުނެފައިވެއެވެ. 

މިއީ ޣިޔާސުއްދީން ސްކޫލްގެ ބެލެނިވެރިންނާއި ސްކޫލްގެ މެނޭޖްމަންޓުން ކުރި ވަރަށް ރަނގަޅު ކަމެއްކަން ފާހަގަކުރެވެއެވެ. ޙާލުގައި ޖެހޭ މުސްލިމުންނަށް އެޙީތެރިވުމަކީ ކުރަންޖެހޭ ކަމެއްކަން ދަރިންނަށް ދަސްކޮށްދީ އެކަމަށް ދަރިން ހޭލުންތެރިކުރުވުމަކީ މައިންބަފައިންނާއި ސްކޫލްތަކުގެ މަސްއޫލިއްޔަތަށްވާތީއެވެ. 

މިއަދު އޮންލައިން