ޢަލިރަސްގެފާނާ ދެކޮޅަށް ހުރިހާ ކަމެއް ކުރަމުން އެރަސްގެފާނުގެ ވާހަކަ ދައްކަން ލަދުނުގަތީމާ އޮތީ ނައިފަރު ދޮހޮއްކޮ ޖަލަށްލީ ބަސް ދުޢާއަކަށް ބަދަލުކޮށް ދުޢާކުރުން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢަލިރަސްގެފާނާ ދެކޮޅަށް ހުރިހާ ކަމެއް ކުރަމުން އެރަސްގެފާނުގެ ވާހަކަ ދައްކަން ލަދުނުގަތީމާ އޮތީ ނައިފަރު ދޮހޮއްކޮ ޖަލަށްލީ ބަސް ދުޢާއަކަށް ބަދަލުކޮށް ދުޢާކުރުން ނޫންތޯ؟

ރާއްޖޭގެ މަގުތަކުގަ ފާޅުގަ ހިންދޫ ކަލާނގެތަކަށް އަޅުކަން ކުރަން ފުރުޞަތު ދީފަ، އެހެން ދީންތައް ފަތުރަން ފުރުޞަތު ދީފަ، މީހުން ދިރިއުޅޭ ރަށްރަށުގަ އަޢުރަ ނިވާނުކޮށް ރާއްޖޭގެ ބިންތައް ކާފިރުންނަށް ވިއްކަމުން ލޮބުވެތި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާން ދީނުގެ ދިފާޢުގައި ޝަހީދުވެވަޑައިގެންނެވި ޢަލިރަސްގެފާނުގެ ވާހަކަ ދެއްކީމާ ދެކޮޅު ޖެހޭނެހެއްޔެވެ؟ 

ފ. އަތޮޅުގެ ބައެއް ސަޢުދިޢަރިބިޔާގެ ވެރިކަމަށް ދޭންއުޅެނީކަމަށްބުނެ އެންމެ އިންޗިއެއްވެސް ބޭރުގެ އެއްވެސް ބައަކަށް ދިގެން ނުވާނެ ކަމަށްބުނެ އަޑު އުފުލައި މުޒާހަރާކޮށްފައި މިއަދު ރީތި ނަމެއް ކިޔާފައި ބިންވިއްކަން އެއުޅެނީ ކާފިރުންނަށެވެ. 

މިކަމުން އެނގެނީ ސަޢުދިޢަރަބިޔާގެ އެބައަކު މުސްލިމުންނަށްވާތީ ދެކޮޅުހެދީ ކާފިރުންނަށް ބިންވިއްކަންކަމެވެ. އެކަމަކު މިދައްކަނީ ލޮބުވެތި ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާން ދީނުގެ ދިފާޢުގައި ޝަހީދުވެވަޑައިގެންނެވި ޢަލިރަސްގެފާނުގެ ވާހަކައެވެ. 

ޢަލިރަސްގެފާނު އެދުވަހު މަދުމީސްކޮޅަކާއި ނުކުމެވަޑައިގަތީ އެބާރުގަދަ ލަޝްކަރުގެ ކިބައިން ދިވެހި ފަސްގަނޑު ސަލާމަތްކުރެއްވޭތޯއެވެ؟ ފުރާނަފުޅުގެ އަގަށްވުރެ މިލޮބުވެތި ފަސްގަނޑާއި ރާއްޖޭގެ އިްސްލާމީ ވަންތަކަމުގެ އަގުމާބޮޑުވީމައެވެ. ޤައުމުގެ ވެރިކަމުގައި ހުންނެވީތީ ﷲ ތައާލާގެ ޙަޟްރަތުގައި ހުއްޓިހުންނަވައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން ޤަބޫލުފުޅު ކުރެއްވޭތީއެވެ. 

ޢަލިރަސްގެފާނަށް ޤަބޫލުފުޅު ކުރެއްވެވުނު ކަންކަން މިއަދު ރާއްޖޭގައި ތިބި ވެރިންނަށް ޤަބޫލުކުރެވޭނަމަ ރާއްޖޭގެ މަގުތަކުގައި ފާޅުގައި ހިންދޫ ކަލާނގެތަކަށް އަޅުކަން ކުރަން ފުރުޞަތު ދޭނެތޯއެވެ؟ އެހެން ދީންތައް ފަތުރަން ފުރުޞަތު ދޭނެތޯއެވެ؟ މީހުން ދިރިއުޅޭ ރަށްރަށުގަ އަޢުރަ ނިވާނުކޮށް ރައްޔިތުންގެ ތެރޭގައި ފައުޅުގައި އުޅުމުގެ ހުއްދަ ދޭނެތޯއެވެ؟ ރާއްޖޭގެ ބިންތައް ކާފިރުންނަށް ވިއްކާނެތޯއެވެ؟ 

ރައްޔިތުން ނަގާ ޖީއެސްޓީ ބޮޑުކޮށްފައި އިންޑިއާގެ ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއް މާފުކުރުމުން ވެސް ރައްޔިތުންނަށް މިއޮތީ ހަމަ ބޮޑުކުރި ޖީއެސްޓީއާއި އެނޫންވެސް ޓެކްސްތައް ދައްކަދައްކައި ތިބުމެވެ. ޓެކްސް ދެއްކިދާނެއެވެ. ނަމަވެސް ޤައުމު ފަސާދަކުރަމުން މިގެންދާ ގެންދިއުމާއި ރައްޔިތުން ނިކަމެތިކުރަމުން އިސްލާމް ދީން ހީނަރުކުރަމުން މިގެންދާ ގެންދިއުމަށް ރުހިގެން ތިބުމަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ކިރިޔާވެސް ލޯތްބެއް އޮތް ހަމަ އެންމެ މުސްލިމަކުވެސް ރުހޭނެ ކަންކަމެއް ނޫނެވެ. އަދި ރިހުގެންވާނެ ކަންކަމެއް ނޫނެވެ. 

ލޮބުވެތި ރައްޔިތުންނޭވެ! ދެއަތް އުފުލުއްވާށެވެ! ދުޢާކުރައްވާށެވެ! ނައިފަރު ދޮހޮއްކޮ އޭނާގެ މުސްކުޅި ޢުމުރުގައި ޖަލުގައި ހޭދަކުރަން ޖެހުނު ބަސްތަކުން ދުޢާކުރައްވާށެވެ! "މިޙާލަތުން ސަލާމަތްކުރައްވަވައި މިނޫން ދުވަހެއް ދެއްކެވުން އެދިއެވެ.

އެއަށްފަހު އެކަމަކަށް ރައްޔިތުންގެ ރުހުންދޭންޖެހޭ ކަންކަމުގައި ހަމަ އެމަގުން ރުހުން ދެއްވާށެވެ! އެނޫން މަގުތަކަށް ނޫނެކޭ ފައުޅުގަ ވިދާޅުވާށެވެ. މުންކަރާތްތައް ހިންގާތަން ފެނުމުން އެމީހަކަށް މަނާކުރެވެން އޮތް މަގަކުން އޮތް މިންވަރަކުން މަނާކުރުމަކީ އީމާންކަމުގެ އެންމެ ކުޑަމިންވަރުކަން ޙަދީޘްފުޅުން އެނގެން އޮތް އިރު ހިތުގައި އީމާންކަމުގެ ޛައްރެއްގެ މިންވަރު އޮތްކަމަށްވާނީވެސް އެއިރުން ނޫންތޯއެވެ؟

މިއަދު އޮންލައިން