ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހޮވުނު 25 މެމްބަރުންގެ ނަންތަށް އިއުލާނުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބޭއްވޭ އިންތިޚާބަކުން ޕާޓީގެ ކައުންސިލަށް ހިވުނު 25 މެމްބަރުން ގެ ނަންތަށް މިއަދު ފަތިހު، ވަނީ އިއުލާނުކޮށްފަވެއެވެ.
ޕާޓީގެ އެންމެ މުހިންމު އެއް ގުނަވަން، ޕާޓީގެ ކައުންސިލަށް ކޮންގްރެސްއިން އިންތިޚާބުކުރާ 25 މެމްބަރުންގެ އިންތިޚާބަށް ޖުމްލަ 64 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ތާވަލުކޮށްފައިވާއިރު، ކައުންސިލް މެމްބަރުންގެ އިންތިޚާބު ކުރިއަށްދިޔައީ، ވަރަށް "ހެލްތީ" އެކުވެރި، އެހެންނަމަވެސް ވަރަށް ވާދަވެރި މާހައުލެއްގައެވެ.
މި އިންތިޚާބުން އެންމެ ގިނަ ވޯޓު ލިބިގެން ޕާޓީގެ ކައުންސިލަށް ހޮވިފައިވާ 25 މެމްބަރުންނަކީ:
1. މުޙައްމަދު އަދުހަމް
2. ޝިހާމް މުޙައްމަދު (ސިމްބެ)
3. ފާޠިމަތު ނިޟުމާ (ނިޒޫ)
4. އަމިނަތު މަދީޙާ (މަދީ)
5. ޙުސައިން ރަޝީދު (މީޑިއާ ހުސައިން)
6. މުޙައްމަދު ފިކުރީ
7. ޝެއިޚް މޫސާ ނިޒާރު އިބްރާހީމް
8. ޙުސައިން ނޫރައްދީން ނާޞިރު (ނޫރު)
9. ޢަލީ ސާމިން
10. ޙުސައިން ޝަފީޢު (ޝާއްޕެ)
11. ފަރުޒާނާ ސަޢީދު
12. ޒުބައިރު މުޙައްމަދު
13. ޢަލީ ޝަމީލް
14. މުޙައްމަދު ހާނިމް
15. މުޙައްމަދު ފިރާގް
16. ޢާއިޝަތު ޒީނާ
17. ޙަސަން ޝާހް
18. އަޙްމަދު އިބްރާހީމްފުޅު (ދުފާ އަޙުމަދު)
19. މުޙައްމަދު އާޠިފް
20. އިނާޔަތު ތައުފީޤު
21. އާދަމް ސާމީ
22. ޢިމާދު ޙަސަން ލަޠީފް
23. ޢަލީ ޢާދިލް
24. މުޙައްމަދު ނާޒިލް
25. ޢަބްދުލް ޢަލީމް ޝާހުދީން.