އަންހެނުން ކުރިޔަށް ދިއުމަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ފުރިހަމަ އެއްބާރުލުން ބޭނުންވޭ: ނަހުލާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަންހެނުން ކުރިޔަށް ދިއުމަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ފުރިހަމަ އެއްބާރުލުން ބޭނުންވޭ: ނަހުލާ

އަންހެނުން ކުރިޔަށް ދިއުމަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

"ކޮންމެ ދަތިކަމެއް ﷲ ތަޢާލާގެ ރަހްމަތްފުޅާއިއެކު ތަނަވަސް ވެގެން ދަނީ އަޅުގަނޑަށް އެއްބާރުލުންދޭނެ އާއިލާއެއް އަޅުގަނޑުގެ ފަހަތުގައި ވާތީ. ކޮންމެ ކަމަކީ ވެސް އަޅުގަނޑަށް ކުރެވޭނެކަމެއް ކަމުގެ ހިތްވަރު ދޭނެ ފިރިއަކު އަޅުގަނޑުގެ އެންމެ ގާތުގައި ވާތީ. ހަމައެގޮތުން އަޅުގަނޑެކޭވެސް އެއްފަދައިން އަންހެނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ގޮސް ކާމިޔާބާއި ހަމަޔަށް ހާސިލްވުމަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ފުރިހަމަ އެއްބާރުލުން ބޭނުންވޭ." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ސިޔާސީ ކަންކަމުގައި އަދި ގައުމީ މުހިންމު ކަންކަމުގައިވެސް އަންހެނުންގެ ބައިވެރިވުމާއި އަންހެނުންގެ ބަހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް މިއަދު އަންހެންނަށް ހުރި ގޮންޖެހުންތައްވެސް ވަރަށް ގިނަކަމަށެވެ.

މީގެއިތުރުން ނަހުލާ ވިދާލުވީ ޖުމްހޫރީ ޕާޓީގެ ތާރީހުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބުވެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ފެށުމަކީ، ގައުމީ މަސައްކަތަށް ނުކުތުމުގައި އަންހެނުންގެ ދައުރާއި އަންހެނުންގެ ފިކުރަކީވެސް މުހިންމު އެއްޗެއް ކަމުގައި ޕާޓީން ދެކޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. 

މިއަދު އޮންލައިން