ގާސިމްގެ އެޑްވައިޒަރުކަމަށް 6 ބޭފުޅަކު ހަމަޖައްސަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ގާސިމްގެ އެޑްވައިޒަރުކަމަށް 6 ބޭފުޅަކު ހަމަޖައްސަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އޮންރަބަލް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު އަދި އެޑްވައިޒަރުންގެ މަގާމަށް 5 ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން މި 6 ބޭފުޅުން މި މަގާމަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

ގާސިމްގެ އެޑްވައިޒަރު ކަމަށް ހަމަޖެއްސެވި ބޭފުޅުންނަކީ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ކުރީގެ ނައިބުރައީސް އަދި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުﷲ ޖިހާދާއި އެޑްވައިޒަރުންނަށް، ދާހިލީ ވަޒީރުކަން ކުރެއްވި އަޒްލީން އަހުމަދާއި ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ.

މިއަދު އޮންލައިން