"ޕާރކިން މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ ވަގުތުން މައާފްކުރުމަށް ސަރުކާރަށް ގޮވާލަން" -މޭޔަރ މުޢިއްޒު
"މާލޭގަ 8 ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށް ވަނީ ނިންމާފާ. ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން"- މޭޔަރ މުޢިއްޒު
މި 2 ގޮވާލެއްވުމަކީވެސް މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަންޖެހިފައިވާ ކަންކަންކަމުގައި ސަރުކާރު ހިންގަން ތިބި ބައަކަށްވެސް ޤަބޫލުކުރެވޭނެއެވެ. ޕާކުކުރުމުގައި ހުރި ދަތިތައް ޖީ ޖެހި ކާރު ދުއްވާ ބައަކަށް ޤަބޫލުނުކުރެވުނަސް އެ އުޅަނދުތައް ދުއްވާ ޑްރައިވަރުންނަށް ޤަބޫލުކުރެވޭނެއެވެ.
އުޅަނދުގައި ވަޑައިގަންނަވާ ޢިއްޒަތްތެރިޔާ، ފުލުހުންނާ ސިފައިންގެ އެހީތެރިކަމުގައި އެއްވެސް އުނދަގުލެއް ނެތި ވަދެވަޑައިގަންނަވަން ބޭނުންފުޅުވާ ތަނަކަށް ވަދެވަޑައިގަތުމުން އުޅަނދު ޕޭމަންޓަށް އަރާގޮތަށް ޕާކުކޮށްފައި ބާއްވާފައި އޮންނައިރު ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ދަތިވާތީ ގޮވާއެއްޗެތި އެބޭފުޅާޢަށް އަޑުއިވިވަޑައި ނުގަތަސް ޑްރައިވަރުންނަށް އަޑުއިވޭނެއެވެ. މުސާރަލިބޭތީ އުޅަނދުގައި އިންނަމަވެސް ޑްރައިވަރުވެސް އިންނަނީ ހިތްހަމަޖެހިގެން ނޫންކަން އޭނާގެ މޫނުމަތިން ފެނެއެވެ.
"ޕާރކިން މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ ވަގުތުން މައާފްކުރުމަށް ސަރުކާރަށް ގޮވާލަން"-މޭޔަރ މުޢިއްޒު@MMuizzu pic.twitter.com/AGP3kK1H71
— Male' City Council (@MaleCitymv) March 4, 2023