ހުޅުމާލޭގަ ދިރިއުޅޭ ޓެކްސީކުރަން ބޭނުންވާ އަންހެނެއްގެ ކަންބޮޑުވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހުޅުމާލޭގަ ދިރިއުޅޭ ޓެކްސީކުރަން ބޭނުންވާ އަންހެނެއްގެ ކަންބޮޑުވުން-

"އަޅުގަނޑު މިހާރުވެސް ސައިކަލް ޓެކްސީކުރަމެވެ. ބޭނުންވަނީ ކާރެއް ގަނަގެން ކާރުގައި ޓެކްސީކުރާށެވެ. ހުޅުމާލޭގައި ދިރިއުޅެން ޖެހިފައިވުމުން ގަރާޖެއް ނެތެވެ. ކާރު ރަޖިސްޓްރީ ކުރެވެން އޮތީ ގަރާޖެއް ލިބިގެންކަމަށްވާތީ އުޅެއުޅެވެސް ހުޅުމާލޭގައި ޓެކްސީ ބާއްވާނެ ގަރާޖެއް ނުލިބުނެވެ. އެހެންވެ ކާރެއް ގަތަސް ރަޖިސްޓްރީކުރެވޭނެ ގޮތެއް ނެތެވެ. 

ދެން މިފެންނަނީ މަގުތައް ފުރެންދެން ކާރުތަކާއި ވެހިކަލްތައް ޕާކުކޮށްފައި ހުންނަތަނެވެ. ރޭގަނޑާއި ދުވާލު މަގުތައް ފުރިފައި ހުންނަތަނެވެ. މިއީ އިންޞާފުގެ ކޮން ތިލަފަތަކުން ކިރައިގެން ކަންކަންކުރާ ގޮތެއް ކަމެއް ވިސްނަވިސްނައިވެސް ނުއެނގުނެވެ." 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިފަދަ ކަންބޮޑުވުންތައް ކުރިމަތިވެފައި ވަނިކޮށް މާލެ ސިޓީގެ މޭޔަރުގެ އުންމީދީ ބަސްފުޅެއް މިވަނީ ފެނިފައެވެ.

ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލުމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފި

ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލުމަށް މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މޭޔަރު މިފަދައިން ގޮވާލެއްވީ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ޕާކިން މައްސަލައާއި ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ.

”ގަރާޖު ސިޓީގެ ނިޒާމު ވަގުތުން އުވާލަން ގޮވާލަން. އަދި ޕާކިންގ މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށް ގޮވާލަން. ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި ރައްޔިތުންނަށް ހައްލު ހޯދައިދިނުމުގެ އަޚުލާޤު ދަސްކުރަން އަޅުގަނޑު ސަރުކާރަށް ގޮވާލަން.“

ޕާކިން މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ޕާކިން ބިލްޑިންގް ބިނާކުރަން ކުރަންޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް މި މައްސަލައަށް ހައްލު ހޯދައިދިނުމަށް ހަމައެކަނި ބޭނުންވަނީ ސަރުކާރުގެ ހުއްދަ ކަމަށާއި، އެހެންކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ 8 ޕާކިންގ ބިލްޑިންގް އެޅުމަށް އެއްބާރުލުން ދެއްވަން މޭޔަރު މުޢިއްޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

މިއަދު އޮންލައިން