ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމުގެ ބާރު ޖެޕީގެ ކައުންސިލުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމުގެ ބާރު ޖެޕީގެ ކައުންސިލުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފި

ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފިއެވެ.

ކައުންސިލުން މިގޮތަށް ނިންމީ، މިއަދުގެ މެންދުރު ފަހު މ. ކުނޫޒުގައި ބޭއްވި ޖޭޕީގެ 150ވަނަ ކައުުންސިލް ބައްދަލުވުމުގައެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލްވަނީ އެބާރު ގާސިމަށް ދޭން، ގަރާރެއް ހުށަހަޅާފައެވެ. ނާޒިލް ހުށަހެޅުއްވި ގަރާރު ފާސްކުރީ އެޕާޓީގެ ގައުމީ ކޮންފަރެންސް 2023ގައި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގަރާރަށް ބާރުދީ އެގަރާރު ތަންފީޒުކުރަން ޖެހޭ ގޮތަށެވެ.

ޖޭޕީގެ ކައުންސިލުން މިއަދު ފާސްކުރި ގަރާރުގައިވަނީ އެޕާޓގެ ގައުމީ ކޮންފަރެންސާއި ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކުގެ މައްޗަށް ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ގާސިމް ކަަމަށް ވާތީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާ ނަމަ ޖޭޕީ އިސްވެ އެމަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ދިނުމަށެވެ.

މިކަމާގުޅިގެން ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ލީޑަރަށް އެބާރު ދިން ނަމަވެސް، ޖޭޕީން އިންތިހާބުގައި ވާދަކުރާނީ ޖޭޕީގެ ކެންޑިޑޭޓަކު ގިނިކަންޏާތޯ ނުވަތަ އިއްތިހާދުވެގެންތޯ އަދި މިހާތަނަށް ނުނިންމާ ކަމަށެވެ.

 

 

މިއަދު އޮންލައިން