އަޅުގަނޑުގެ ނަމުގަ ދޮގު ޕޯސްޓް ފަތުރާތީ ހިތާމަކުރަން!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަޅުގަނޑުގެ ނަމުގަ ދޮގު ޕޯސްޓް ފަތުރާތީ ހިތާމަކުރަން!: ޝައިޚް ޢަލީ ޒައިދު

"އަޅުގަނޑު ބުނި ބަހެއް ކަމަށް ހަދައިގެން އަޅުގަނޑު ދުވަހަކުވެސް ނުބުނާ ބަސްތައް ފަތުރާތީ ވަރަށް ބޮޑަށް ހިތާމަކުރަމެވެ. "ހަތަރު އަނބިންގެ ފަރާތުންވެސް އެދުން ނުފުދޭނަމަ ޖާރިޔާވެސް ހޯދިދާނެ" ލަމަށް ދުވަހަކުވެސް އަޅުގަނޑު ބުނެފައެއް ނުވާނެއެވެ." 

މިމޭރުމުން ޝައިޚް ޢަލީ ޒައިދުވިދާޅުވީ ޝައިޚްގެ ނަންފުޅުގައި ފޭކް ޕޯސްޓެއް އުފައްދައިގެން ސޯޝަލް މީޑިއާގައި ދައުރުކުރުވާތީ ގިނަ ބައަކު ކަންބޮޑުވެ ސުވާލުތައް އުފައްދަމުން ގެންދާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ. 

"އަޅުގަނޑުވާނީ އެއީ ފޭކްޕޯސްޓެއްކަމަށް ބުނެފަ. އަޅުގަނޑުގެ ޓްވިޓަރގައާއި ގޭސްބުކުގައިވެސްވާނީ މައްސަލަ ސާފުކޮށްދީފަ" ކަމަށް ޝައިޚް ވިދާޅުވިއެވެ. 

މީގެކުރިން އަނބިމީހާގެ ފޯނުގެ ޕާސްވޯޑު ދިނުމާއި ގުޅުވައިގެން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ނަންފުޅު ބޭނުންކޮށްގެންވެސް ވަނީ ދޮގުޕޯސްޓެއް ޢާންމުކޮށްފައެވެ. 

އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތައް ކުރައްވަމުން ގެންދަވާ ޢިލްމުވެރިންގެ އިތުބާރު ގެއްލޭނެ ގޮތަށް މަޖަލަކަށް ނަމަވެސް މިބާވަތުގެ ކަންކަން ކުރުމަކީ ވަރަށް ދެރަވަރު ކަންކަމެވެ. މިފަދަ ފޭކްޕޯސްޓްތައް އުފައްދައި ޢާންމުކުރުމުން އިސްލާމް ދީނުގެ ޢަދާވާތްތެރިން ޙަރަކާތްތެރިވެ ބޮޑެތި ފިތުނަތައް އުފައްދާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން