"ޤައުމުގެ މުސްތަޤްބަލު ބިނާކުރާނެ އަބްޠާލުން އުފަންކުރަންތިބި މައިން އެއީ ޤައުމު އިޝްތިހާރުކުރަން ގެންގުޅޭ ޓޫލަކަށް، ނުވަތަ ހަށިވިއްކާ ބަޔެއްގެ ގޮތުގައި ބޭރުދުނިޔެއަށް އިޝްތިހާރުކޮށް ނުހައްދަވާ! އަންހެނުންނަކީ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ބައެއް."
"އަންހެންކަނބަލުންގެ ޢީއްފަތާއި ޙިޝްމަތު ގެއްލޭފަދަ ކަންތައް ކުރުވައިގެން ނޫނީ ރާއްޖޭ އިޝްތިހާރު ނުކުރެވޭނެ ކަމަށް ދެކުމަކީ އަންހެނުންނަށް ވެވޭ ބޭއިންޞާފެއް. އަނިޔާއެއް. މިފަދަ ކަންތައް ހުއްޓުވުމަށް @MoGFSSmv ނިދިން ހޭލާ, ފިޔަވަޅުތަކެއް އަޅަންޖެހޭ"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަންހެނުން ބާރުވެރިކުރެވެނީ، ވީހާވެސް ގަޔަށް ބާރު އެއްޗެހި ލައްވައި، ގެއިން ބޭރަށް ނެރެގެން ހެއްޔެވެ؟
ލޮބުވެތި މުސްލިމުންނޭވެ! ޚާއްޞަކޮށް ލޮބުވެތި އުޚްތުންނޭވެ!
އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ހަމަހަމަކަމާއި ބާރުވެރިކުރުވުމުގެ ނަމުގައި، މިއަދު މިހިންގޭ ގިނަ ޙަރަކާތްތަކަކީ، ތިޔަކަނބަލުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުން ނެރެ ބޭރުކޮށް، ޢިއްފަތްތެރިކަމާއި ލަދުވެތިކަން ކަނޑުވާލައިގެން، ގެއިން ބޭރަށް ނެރެ ބަރަހަނާކޮށް ހިލޭ ފިރިހެނުން ކުރިމަތީ އޮރިޔާންކުރުމަށް ހިންގޭ ޙީލަތްތެރި މަކަރުވެރި ރޭވުންތަކެވެ.
(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ)
(سورة الأحزاب: 33)
"އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި މަޑުޖެހި ޤަރާރުވެ ތިބޭހުށިކަމެވެ. އަދި ޖާހިލު ޒަމާނުގެ ކުރީކޮޅޮ ބަރަހަނާވެ އުޅުނުފަދައިން ތިޔަކަނބަލުން ބަރަހަނާވެ ނޫޅޭށެވެ."
- ޝައިޚް އާދަމް ނިޝާން ޢަލީ
ޤައުމުގެ މުސްތަޤްބަލު ބިނާކުރާނެ އަބްޠާލުން އުފަންކުރަންތިބި މައިން އެއީ ޤައުމު އިޝްތިހާރުކުރަން ގެންގުޅޭ ޓޫލަކަށް، ނުވަތަ ހަށިވިއްކާ ބަޔެއްގެ ގޮތުގައި ބޭރުދުނިޔެއަށް އިޝްތިހާރުކޮށް ނުހައްދަވާ. އަންހެނުންނަކީ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ބަޔެއް.
— Dr.Mohamed Iyaz (@dr_iyaz) March 10, 2023