"މުންކަރާތްތައް މަނާ ކުރުމުގެ ބަދަލުގައި މުންކަރާތްތަކުގައި ބައިވެރިވުމަކީ އިލާހީ ކޯފާ އާއްމުވާނެކަމެއް، އިލާހީ މިބާސްފުޅު ހަނދާންކޮށް މިފަދަ ކަންކަން ތަކުރާރުނުކުރެއްވުމަށާއި އިސްލާޙުވުމަށް ނަސީޙަތްތެރިވަން!"
- ޥައިޚް އިލްޔާސް ޙުސައިން
ޝައިޚްގެ މިބަސްފުޅާއިއެކު ޓްވީޓް ކުރައްވާފައިވަނީ އަލް އަންފާލް ސޫރަތުގެ 25 ވަނަ އާޔަތެވެ.
"އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހުށީ، ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން، ﷲ އީ، ޢުޤޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ"!
ޝައިޚް އިލްޔާސް ޙުސައިން މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވަލިޔުލައަމުރުކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ބޮޑު މުންކަރާތެއްގައި ބައިވެރިވެވަޑައިގެން އެކަމަށް ހިތްވަރު ދެއްވާފައިވާ މައްސަލައެއްގައި ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަޤުތެއްގައިކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިޢަމަލުފުޅާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރޭވެސްވަނީ ހަމަ މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައެވެ. އެއިގެ މިއަދުވެސް ވަނީ ބަސްފުޅެއް ވިދާޅުވެފައެވެ.
"ހުތުރުކަންތައް ރީތިކަމަކަށްވެ، ރީތިކަންތައް ހުތުރު ކަމަކަށްވީމާ އަނދަވަޅަކަށްފަހު އަނދަވަޅަކަށް ވެއްޓުން ނޫން ކަމެއް ނުވާނެ! މާތްﷲ އަޅަމެން ސަލާމަތް ކުރައްވާށި!" އާމީން.
ޑރ. އިޔާޟްގެ މިބަސްފުޅާއިއެކު ޓްވީޓް ކުރައްވާފައިވަނީ ފާތިރް ސޫރަތުގެ 8 ވަނަ އާޔަތެވެ.
"ހެ، އެމީހެއްގެ ނުބައި ޢަމަލް، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު ޢަމަލް ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ކުރިއަށް މިދާ ދައުރުގައި އިސްލާމް ދީން ނިކަމެތިކުރުމަށް ސަރުކާރުން ކުރި އެތައް ކަމަކާއި ގުޅިގެން ހަމަ މިފަދަ ބަސްފުޅުތައް ޢިލްމުވެރިން ވިދާޅުވެފައިވާއިރުވެސް އެއްވެސް ކަމެއް އިޞްލާޙްނުކޮށް ﷲ ތަޢާލާއަށް ގެންޖެހުން ގެންދަނީ އިތުރުކުރަމުންކަން ފާހަގަކޮށް ގިނަ ބައަކު އަބަދުވެސް އަންނަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ހުތުރުކަންތައް ރީތިކަމަކަށްވެ، ރީތިކަންތައް ހުތުރު ކަމަކަށްވީމާ އަނދަވަޅަކަށްފަހު އަނދަވަޅަކަށް ވެއްޓުން ނޫން ކަމެއް ނުވާނެ.
— Dr.Mohamed Iyaz (@dr_iyaz) March 10, 2023
މާތްﷲ އަޅަމެން ސަލާމަތް ކުރައްވާށި. އާމީން. pic.twitter.com/B3LeqJr32s
މުންކަރާތްތައް މަނާ ކުރުމުގެ ބަދަލުގައި މުންކަރާތްތަކުގައި ބައިވެރިވުމަކީ އިލާހީ ކޯފާ އާއްމުވާނެކަމެއް، އިލާހީ މިބާސްފުޅު ހަނދާންކޮށް މިފަދަ ކަންކަން ތަކުރާރުނުކުރެއްވުމަށާއި އިސްލާޙުވުމަށް ނަސީޙަތްތެރިވަން pic.twitter.com/NPiHWLRLT7
— Ilyas Hussain (@shkilyas) March 10, 2023