ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގަ: ޤާސިމް އިބްރާޙީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގަ: ޤާސިމް އިބްރާޙީމް

ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ، އޮނަރަބަލް ގާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެންވިދާޅުވީ މިއަދު އޮތް އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ "އަޅުގަނޑުމެން އުފާކުރަން އަޅުގަނޑުމެންނަށް މިއީ (ޖޭޕީ އަކީ) އިންސްޓިޓިއުޝަނަކަށް ހެދުނީތީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއީ އިންސްޓިޓިއުޝަނެއް މިހާރު. ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ނަމޫނާއަކަށް ޖުމްހޫރީ ޕާޓީވާކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ސައިޑުގައި. އަބަދުވެސް. އޯލްވޭޒް. އަޅުގަނޑު މި މަގާމުގައި އިންހާ ހިނދަކު، އަޅުގަނޑަށް މި ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގަ" ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ އިންސްޓިޓިއުޝަނެއްކަމަށް ގާސިމް އިބްރާޙީމް ވިދާޅުވިއިރު، އެ ޕާޓީ އަކީ މިއަދު ރާއްޖޭގެ ސިޔާސީ ހަޔާތުގައި ހަރުދަނާ ބިންގަލެއް އެޅި ޕާޓީއެވެ.

މިއަދު އޮންލައިން