ރައީސްގެ އެކުވެރިން ކަމަށް ހެދިގެން ރައީސް ލައްވާ ޚުދުމުޚުތާރު ވެރިކަމެއް ކުރުވަން އުޅުމަކީ ރައީސަށް ހެޔޮއެދުންބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައީސްގެ އެކުވެރިން ކަމަށް ހެދިގެން ރައީސް ލައްވާ ޚުދުމުޚުތާރު ވެރިކަމެއް ކުރުވަން އުޅުމަކީ ރައީސަށް ހެޔޮއެދުންބާ!

ރާއްޖޭގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާއި ހަމައަށް އޮންނާނީ ކޯލިޝަނެއްގެ ވެރިކަމެކެވެ. ކޯލިޝަން އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ ރައީސަށް ތާއީދުކުރަންޖެހޭނެ ކަމަކަށް ނެތެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ކޯލިޝަނުގައި ހިމެނޭ ކޮންމެ ޕާޓީއަކަށްވެސް ވަނީ ލިބިގެންނެވެ.

އެހެންކަމަށްވާއިރު 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކޯލިޝަނުގައި ހިމެނޭ ޕާޓީއަކުން ނިންމުމަކީ ކޯލިޝން އެއްބަސްވުމާއި އެއްވެސް މިންވަރަކަށް ތަޢާރަޒްވާ ކަމެއް ނޫނެވެ. އެއީ ކޮންމެ ޕާޓީއަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. 

އެޙައްޤުގެ ބޭނުންކުރުމުން ސަރުކާރުގައި ތިބި އެޕާޓީއެއްގެ މެންބަރުން ވަޒީފާއިން ވަކިކުރުންވާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ބާރުގެ ބޭނުން ޚުދުމުޚުތާރުކަމާއިއެކު ކުރުން ނޫން އެހެންކޮންކަމަކަށް ހެއްޔެވެ؟ 

ރައީސުލްޖުމްހޫރިއްޔާއަކީ މިވަރު ވިސްނިވަޑައި ނުގަންނަވާނެ ބޭފުޅެއް ނޫނެވެ. އެހެންކަމުން މިއަދު އެމަނިކުފާނަށް އޮތީ އެމަނިކުފާނަކީ ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމުގައި ތާރީޚުގައި ލިޔެވުމުން ސަލާމަތްވެވަޑައިގަތުން ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެކަން އެމަނިކުފާނު ކުރައްވާނެ ކަމަށްވެސް ޤަބޫލުކުރެވެއެވެ. ބަލަންތިބެމާ ހިނގާށެވެ! 

އިންތިޚާބެއްގައި ވާދަކޮށްލަން ބިރުން ވާދަކުރާ ކެންޑިޑޭޓުންގެ ޙައޤުތަކަށް އަރައިގަތުމަކީ ޚުދުމުޚުތާރުކަމުގެ އެންމެ މަތީ ދަރަޖަ ނޫން ކަމަކަށް ނުވާނެ ނޫންތޯއެވެ؟ 

މިއަދު އޮންލައިން