ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ތަކެތި ގަތުމަށް ބީސީއެމް އިން އެހީ ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް ބޭނުންވާ ތަކެތި ގަތުމަށް ބީސީއެމް އިން އެހީ ފޯރުކޮށްދީފި

ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކުރެވިގެން މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހިފައިވާ އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބްރިޖިންގ ދަ ކޮމިއުނިޓީސް މޯލްޑިވްސް (ބީސީއެމް) ގެ ފަރާތުން ގާތްގަނޑަކަށް ބައިލައްކަ ދިވެހި ރުފިޔާ (46،327 ރުފިޔާ) ޕާކިސްތާނުގެ ސަރުކާރާ މިއަދު ޙަވާލުކޮށްފިއެވެ.

ޕާކިސްތާން ސަރުކާރުގެ ފަރާތުން ފައިސާގެ އެހީއާ ޙަވާލުވެވަޑައިގަތީ ހައިކޮމިޝަން އޮފް ޕާކިސްތާންގައި އޮތް ބައްދަލުވުމެއްގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޒް އެކްސެލެންސީ ވައިޒް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީ އެވެ. ބީސީއެމްގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ އިބްރާހީމް މުޙައްމަދު އެވެ.

މިއީ ބީސީއެމްގެ ފަރާތުން ބޭއްވި "ޕާކިސްތާނީ ކަލްޗަރަލް ނައިޓް"އާއި ހެޔޮ އެދޭ ފަރާތްތަކާއި ބީސީއެމްގެ މެންބަރުންގެ ފަރާތުން ޕާކިސްތާނުގެ އަންހެނުންނަށް ދީފައިވާ ފައިސާގެ އެހީއެކެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ އަންހެނުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ.

މިއަދު އޮންލައިން