ޖޭޕީގެ ލީޑަރު ސަލަފް ޖަމިއްޔާ އާއި ބައްދަލުކުރެއްވުން- ހެޔޮ ބަދަލަކަށް ދިއްލުނު އަލިކަމެއް ކަމުގަ ލައްވަވާށި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޖޭޕީގެ ލީޑަރު ސަލަފް ޖަމިއްޔާ އާއި ބައްދަލުކުރެއްވުން- ހެޔޮ ބަދަލަކަށް ދިއްލުނު އަލިކަމެއް ކަމުގަ ލައްވަވާށި!

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އިއްޔެ ވަނީ ސަލަފް ޖަމިއްޔާ އާއި ބައްދަލުކުރައްވަވައިފައެވެ. ރާއްޖޭގައި އިސްލާމް ދީން ނިކަމެތިކޮށް ނައްތާލަން ދުރުރާސްތާ ޕްލޭނެއްގެ ދަށުން ބޮޑެތި ޙަރަކާތްތަކެއް ފައުޅުގައި ހިންގަމުންދާ މިފަދަ ދުވަސްވަރެއްގައި މިއީ ހެޔޮ ބަދަލަކަށް ދިއްލުނު އަލިކަމެއް ކަމުގަ ލައްވަވާށި! އާމީން 

އޭޕީގެ ޢިލްމުވެރިންނާ އެ ޕާޓީން ދެކޮޅު ހަދާ ކަންކަން އެއީ ހުއްދަ ކަންކަން ކަމުގައި ބަޔާންކޮށް މީސްތަކުން މަގުފުރައްދަން ވަސްވާސްތައް ނެރޭ މީހުންނާއި އޭޕީން ބައްދަލުކޮށް މަޝްވަރާކުރި ވާހަކައެއް މިއަދު ވަނީ ބައެއް ނޫސްތަކުން ފެނިފައެވެ. މިބައްދަލުވުމުގެ ސަބަބުން ކުރިއަށްއޮތްތަނުގައި މިޔުޒިކާއި ޔޯގާ ހުއްދަކުރުމާއި ޖަމާޢަތުގައި ނަމާދުކުރަންޖެހޭނެ ކަމާއި ހުކުރަށްދާން ޖެހޭނެ ކަމާއި ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް އަޢުރަ ނިވާކުރަން ޖެހޭނެކަން އެފަރާތުން ޤަބޫލުކޮށްފިނަމަ އަދި ޢަމަލުކޮށްފިނަމަ އެބައްދަލުވުން ވާނީ ހެޔޮ ބައްދަލުވުމަކަށެވެ. 

އަނެއްކޮޅަށް އޭޕީން ދީލާލައިފިނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! 

މިއަދު އޮންލައިން