2 ކިޔުންތެރިއަކަށް އިނާމު ލިބޭ މިއަދުގެ ސުވާލު: ތަރަވީޙް ނަމާދުކުރަން އެންމެ ފަސޭހައީ ކޮން އެއްޗަކުން، ކޮންގޮތަކަށް ރޯދަވީއްލީމަ؟ ބުނެދޭންވީ ކިޔުންތެރިޔާގެ އަމިއްލަ ތަޖުރިބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
2 ކިޔުންތެރިއަކަށް އިނާމު ލިބޭ މިއަދުގެ ސުވާލު: ތަރަވީޙް ނަމާދުކުރަން އެންމެ ފަސޭހައީ ކޮން އެއްޗަކުން، ކޮންގޮތަކަށް ރޯދަވީއްލީމަ؟ ބުނެދޭންވީ ކިޔުންތެރިޔާގެ އަމިއްލަ ތަޖުރިބާ!

ތަރަވީޙް ނަމާދުކުރަން އެންމެ ފަސޭހައީ ކޮން އެއްޗަކުން ކޮންގޮތަކަށް ރޯދަވީއްލީމަ؟ 

މިސުވާލުގެ ޖަވާބު ހޯދަން އެއްވެސް ދިރާސާއެއް ކުރާކަށް ނުޖެހޭނެއެވެ. އެމީހަކަށް އެކަން ތަޖުރިބާކުރެވިފައިވާ، ނުވަތަ އެމީހަކަށް އެމީހަކަށް އެންމެ ފަސޭހަ ގޮތް ކަމަށް ޤަބޫލުކުރެވޭ ގޮތް ބަޔާންކޮށްލެއްވީމަ ޖަވާބު ދެވުނީއެވެ! 

ޖަވާބުދޭނީ ކިޔުންތެރިޔާގެ އަމިއްލަ ވިސްނުން/ތަޖުރިބާއިން ނެވެ. ބޭނުމަކީ އެހެން ކިޔުންތެރިންނަށް އެކަމުން ފައިދާއެއް ކުރުމެވެ. 

މިޘާލެއްގެ ގޮތުން އަޅުގަނޑުގެ ތަޖުރިބާ ޙިއްޞާކޮށްލާލަނެވެ. ރޯދަވީއްލަން މަސައްކަތްކުރަނީ އާދައިގެ ކަދުރާއި އިސްބަޤުލް ފެންފޮދަކުންނެވެ. މަޣްރިބް ނަމާދު ނިމިގެން 1، 2 ފިހުނު ކޮންމެވެސް އެއްޗެއް ކައިލަމެވެ. އިތުރު އެއްޗެއްކަނީ ތަރާވީޙް ނިމިގެންނެވެ. 

ތަރާވީޙްކުރަން ވަރަށް ފަސޭހައެވެ! އިން ޝާ ﷲ 

މި ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ.

މިއަދު އޮންލައިން