މިއީ އަޅެފަހެ ޔަހޫދީ ދީނީ ސަރުކާރެއްތަ؟ މިފަދަ ރަމަޟާންމަހެއްގަވެސް ނަމާދަށްދާން ފުލުހުން ހުރަސް އަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
މިއީ އަޅެފަހެ ޔަހޫދީ ދީނީ ސަރުކާރެއްތަ؟ މިފަދަ ރަމަޟާންމަހެއްގަވެސް ނަމާދަށްދާން ފުލުހުން ހުރަސް އަޅަނީ!

މާރިޗް މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ. މަޣްރިބް ނަމާދު ނިންމައި ތަރާވީޙަށް ބޮޑެތި މިސްކިތަތައް ދާން ގިނަ ބައަކު ނުކުތަވްޤުތެވެ. 7 ޖަހަނިކޮށް ކުއްލިއަކަށް މަޖީދީ މަގު ހުރަހަށް ލައިނެއް ދަމާލައި ޓްރެފިކް ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ލައިން ދަމައިލީ މަޖީދީ މަގުން ބުރުނީގެއަށް ދާން އިން ކަންމަތީގައެވެ. ފުރަތަމަ ހީކުރެވުނީ މިއުޅެނީ ހީނާމާގޭ މިސްކިތު ސަރަހައްދުގައި ގިނަ ބައަކު ބޭރުގައި މަގުމަތީގައި ނަމާދުކުރާތީ އެކަމަށް އެހީތެރިވެދޭން ކަމަށެވެ.     

މިއުޅެނީ އެހެންވެގެން ނޫންކަން އެނގުނީ މަޖީދީމަގުގެ އެ ސަރަހައްދުން ހުޅަނގަށް ނުދެވޭނެ ގޮތަށް ބަންދުކުރުމުންނެވެ. އެ ސަރަހައްދަކީ އިތުރު މިސްކިތެއް ހުންނަ ސަރަހައްދެއް ނޫންވީމައެވެ. 

ކޮންމެއަކަސް މިސަރުކާރުން މާނަކުރާ ހަރުކަށި ފިކުރުގެ ޒުވާނުން އެމީހުން ނަމާދަށް ދާން ހުރަސް ނޭޅޭނެ ކަމަށް ބުނަމުން ލައިން ހުރަސްކޮށްދިއައީއެވެ. ދެން ތިބި ޒުވާނުން ދިއައީ ފުލުހުންނަށް އާދޭސްކުރަމުންނެވެ. "ބްރޯ! ތިހެން ހަދާކަށް ނުވާނެދޯ؟ އަހަރެމެން މިއުޅެނީ މިމަގު އަޅައިގެން އިސްލާމީ މަރުކަޒަށްދާން! އަހުރެން މިދަނީ ޞަލާޙުއްދީން މިސްކިތަށް! އަހުރެން މިދަރީ 70 ނަމްބަރު ކައިރީ މިސްކިތަށް.! ބްރޯމެންވެސް ތީ ހަމަ އަހަރެމެން ކަހަލަ މުސްލިމުންދޯ! ސޯ ބުންޏަށް މިކަހަލަ ގަދިއެއްގަ ތިހެން ހަދާކަށް ނުވާނެނު؟" 

އެވަޤުތު އެސަރަޙައްދުން މަޖީދީމަގުން ހުޅަނގަށް ދިއުން މަނާކޮށް ނަމާދަށް ދިއުމަށް ހުރަސް އަޅަންޖެހޭ އެއްވެސް ކަމެއް ފެންނަން ނެތުމުން ސަބަބު އޮޅުން ފިލާތޯ ފުލުހުންނާ އެރޭވެސް އެދުވަހުވެސް ސުވާލުކުރެވުނެވެ. 

[22:38, 27/03/2023] އަނެއްކާވެސް މިއެދެނީ ވަރަށް ބޮޑުކަމަކުއެވެ. މިރޭ އިރު އޮއްސި 7 ނުޖަހަނީސް މަޖީދީމަގުން ބުރުނީގެއާ ދިމާއަށް ދާން އޮންނަ މަގުން ހުޅަނގަށް ނުދެވޭ ގޮތަށް މަގު ބަންދުކުރި ސަބަބު ބައްލަވައިލަ ދެއްވަފާނަންތޯ؟

[22:39, 27/03/2023]  ނުވާނިއްޔާ ނުވާނެކަންވެސް އަންގަވާލަދެއްވިއްޔާ ވ ރަނގަޅު"

ފުރަތަމަ މި 2 މެސެޖް ކުރުމުން ހޯމް މިނިސްޓަރުގެ ބެލެނިވެރިކަމުގައި ކުރިއަށްމިދާ ފުލުހުންގެ ކަންކަން ހިންގުމުގެ ނިޒާމުގެ ތެރެއިން އާދައިގެމަތިން، އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަމުގައި ޖަވާބު ނުލިބޭ ފަދައިން ޖަވާބު ނުލިބުމުން ޖެހިގެން އައި ދުވަހު ތިރީގައި މިވާ މެސެޖް ފޮނުވީމެވެ. 

"އަޅުގަނޑު ޢަޞްރު ވަގުތާ ހަމައަށް ބަލާނަން ! ޖަވާބު ނުދިނިއްޔާ ކުރިއަށްދާނަން އިން ޝާ ﷲ"

މި މިސެޖަކަށްވެސް ޖަވާބެއް ނުދެއެވެ. އދ ގެ ޤަރާރުތަކަށް އިޒްރޭލުން ޢަމަލުނުކުތާ ފަދައިން އިސްލާމް ދީނާއި ގުޅުން ހުންނަ ކަންކަގައި މިސަރުކާރުގައި ފުލުހުންގެ ޖަވާބެއް ނުލިބެއެވެ. ޖަވާބުދޭން ބޭނުމެއް ނުވެއެވެ.  

މިއީ ކާފަގެ ނަމުގަ ފަތުރާ ފަދަ ދޮގު ވާހަކައެއް ނޫނެވެ. މީހަކުކިޔައިދިން ޥާހަކައެއް ނޫނެވެ. ޚުދު އަޅުގަނޑު ފުލުހުންގެ ގާތު ބުނީމެވެ. "މިދަރިފުޅު ގޮވައިގެން މިދަނީ ބަރުބަރީ މިސްކިތަށް ތަރާވީހަށެެވެ. އެއީ ވަރަށް އަވަހަށް ފުރޭ މިސްކިތެކެވެ. އަނބުރާލަން ޖައްސުވައިފިނަމަ ދަންޖެހޭނީ ލާވަށާލައި ވަރަށް ދުރުންނެވެ. އެކަމަށް ވަރަށް ވަޤުތު ނަގާނެއެވެ. މިފަދަ ވަޤުތަކު ތިއަ ކަންތައް ކުރައްވަނީ ހަމަ ރަނގަޅަށްތޯއެވެ؟" 

އަޅުގަނޑަށް ވާހަކަ ދެއްކުނީ ރޮބޮޓަކާއެވެ. އަޑުއިވުމުން މޫނު ދުރަށް އަނބުރާލުން ނޫން ކަމެއް ނުކުރެއެވެ.

ވީމާ ދީނީ ލާދީނީގަ މިހާރު މިހިންގަނީ ޔަހޫދީ ދީނީ ސަރުކާރެއްކަމަށް ނުބުނެ ދެން ބުނަން އޮތީ ކޮންދީނެއްގެ ވާހަކަތޯއެވެ؟ ހިންދޫދީނީ ސަރުކާރެއް ކަމަށްވެއްޖެނަމަ އަދި އެއީ ޔަހޫދީ ދީނީއަށްވުރެ މާނުރައްކައުތެރިކަމެކެވެ.

މިއަދު އޮންލައިން