"ދައުލަތުން ޑްރަގް ވިޔަފާރިއަށް ވެދެފަވާ ކަމަށް ތުހުމަތު ކުރެވޭ ޖާގަ އެބައޮތް ! ބޯމީހުނަށް ފަރުވާ ނުދެވި އެތެރެކުރެވޭ 2 ދޮރޯށި ތަންމިނަށް ހުޅުވާފަ އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ކަމެއް."
ޙުސައިން އަމްރު، ކުރީގެ އެސްޓީއޯ
މިސަރުކާރުގެ ވެރިކަމުގައި އެސްޓީއޯ އާއި އެސްޓީއޯ އާއި ގުޅިފައިވާ ކުންފުނިތަކުގެ ވެރިކަން މިހައިތަނަށް ކުރެއްވި އަމްރު މަޤާމުން ވަކިކުރިފަހުން ނަމަވެސް މިއަދު ވިދާޅުވެފައި އެވަނީ ޙައްޤުބަސްފުޅެކެވެ. ކަން އޮތް ގޮތެވެ. މޮޔަވެފައި ނެތް ކޮންމެ މީހަކު ޤަބޫލުކުރާނެ ޙަޤީޤަތެކެވެ.
މަސްތުވާ ތަކެއްޗަށް ހުޅުވިފައި ހުރި ހުރިހާ ދޮރުތައް ބަންދުކުރަން ހޯމް މިނިސްޓަރު ޝައި އިމްރާން ޢަބްދުﷲ ބާރުބާރަށް ކޮޅުކޮޅުމައްޗަށް ދުވާ މަންޒަރު ދައްކައި ޑްރާމާ ކުޅެމުން ދާތާ 5 ވަނަ އަހަރު މިފެންނަނީ ޑްރަގެ އެތެރެކޮށް އަތްފޯރާ ފަށަށް ގެނެސް ދިއްކޮށްލަ ދިނީމަ ޝަރަފުވެރިކަމާއިއެކު ފުރިވައިލެވޭތަނެވެ! އެހެންވީމާ އޭޕީގެ ޢިލްމުވެރިން ތިބެންޖެހޭނީ މިސަރުކާރަށް ތާއީދުކުރުމުގައި އެންމެ ކުރީގައި ނޫންތޯއެވެ؟