ރޯދަ ޓްރިވިއާ ގެ ނަމުގައި އިސްލާމިކް ކުއިޒް މުބާރާތެއް ވިލާ ޓްރޭޑިންގއިން ބާއްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރޯދަ ޓްރިވިއާ ގެ ނަމުގައި އިސްލާމިކް ކުއިޒް މުބާރާތެއް ވިލާ ޓްރޭޑިންގއިން ބާއްވަނީ!

"ރޯދަ ޓްރިވިއާ"ގެ ނަމުގައި، ވިލާ ޓްރޭޑިންގުން ކުންފުނިތަކުގެ މެދުގައި އިސްލާމިކް ކުއިޒް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިކަމާގުޅިގެން ވިލާ ޓްރޭޑިންގުން ބުނީ، ރޯދަމަހުގެ ތެރޭގައި ބާއްވާ މިހަރަކާތަކީ ކުންފުނިތަކުގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ފަތުރައި ދީނީ އިލްމު މުއްސަނދި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. ވިލާ ޓްރޭޑިންގެ ރަސްމީ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އިންސްޓަގްރާމް އަދި ފޭސްބުކްގައި ވެސް މިމުބާރާތުގެ ހުރިހާ އެޕިސޯޑުތަކެއް ދައްކާލާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މި މުބާރާތުދެ ފުރަތަމަ އެޕިސޯޑް ވަނީ މިހާރު ވިލާ މާޓުގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ލާފައެވެ.

މި ކުއިޒް ކުރިއަށްދާނީ ރެޕިޑް ފަޔާ ސްޓައިލްގައި ކަމަށާއި، އެގޮތުން ކޮންމެ ޓީމަކަށްވެސް ދެވިފައިވާ އެއް މިނެޓާއި 30 ސިކުންތުގެ ތެރޭގައި ވީހާވެސް ގިނަ ސުވާލުތަކަކަށް ޖަވާބު ދޭން ޖެހޭނެ ކަމަށް ވިލާއިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ އިނާމުގެ ތެރޭގައި، އެއްވަނަ ލިބޭ ޓީމަކަށް ހަތަރު މީހުންގެ އެއް ރޭގެ ރިސޯޓު ދަތުރަކާއި، ދެވަނައަށްދާ ޓީމަކަށް، ސިމްފޯނީ މޯލްޑިވްސް އިން ސްޕޮންސާކުރާ ހަތަރު މީހުންގެ ކެއުމަކާއި، ތިންވަރައަށްދާ ޓީމަކަށް ވިލާ މާޓުން ގިފްޓް ވައުޗަރެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން