އާސަހަރާގަ މައްޔިތުން ވަޅުލަމުން ދިއަ ބައި ފުރި އަލަށް ފަސްއެޅި ބައިގައި ވަޅުލަން ފަށައިފިއެވެ. އެގޮތުން އެބައިގައި ވަޅުލި ފުރަތަމަ މައްޔިތާ ވަޅުލާފައިވަނީ މިއަދުގެ މެންދުރުނަމާދަށްފަހުގައެވެ. ދެވަނަ މީހާ ވަޅުލާފައިވަނީ ޢަޞްރުނަމާދަށްފަހުގައެވެ.
މިބައި ފުރެންވާއިރަށް ހުޅުމާލެއަށް ގެންދަން ޖެހުން ނޫން ޙައްލެއް ކުރިއާލައި ހޯދަން ގިނަބއަކު އެދެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ދުވަސްވީ ކަށިތައް ނަގައި އެއްތަނެއްގައި ވަޅުލެވިދާނެއެވެ.
ސަރުކާރުން ބޭނުންވުމުން ކަށިތައް ނަގައި ކުޅިވަރުމައިދާން، މުނިފޫހިފިލުވާ މައިދާން، ޕާކިންގޒޯން ފަދަ ތަންތަންވެސް ދަނީ ހަދަމުންނެވެ.
